ދިވެހިރާއްޖެ
އިޢުލާން
ޏ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ ނަންބަރު (IUL)23-AP/1/2015/81 (09 އެޕްރީލް 2015) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު ޏ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) ޏ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) ، ޏ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
20 ރަމަޟާން 1436