ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-5B/426/2024/465
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 31 ޑިސެންބަރު 2024 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މަރަދޫފޭދޫ އަވަށުގައި "އޮޕަރޭޝަން ކުރަނގި" ފެށުމާއި ގުޅޭ

އިޢުލާން

 

"އޮޕަރޭޝަން ކުރަނގި" ފެށުމާއި ގުޅޭ

               ޤަވާއިދާޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއްހޯދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން "އޮޕަރޭޝަން ކުރަނގި" މި ނަމުގައި ޙާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. އެހެންކަމުން އައްޑޫސިޓީ މަރަދޫފޭދޫގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން، މި ފަރާތްތަކުގެ ބަޔޯމެޓްރިކްސް އެކުލަވާލުމުގެ މަސައްކަތް 30 ނޮވެންބަރު 2024 އިން 31 ޑިސެންބަރު 2024ގެ ނިޔަލަށް، މަރަދޫފޭދޫ އަވަށު އޮފީހުން ކުރަމުންދާނެ ވާހަކަ، ބިދޭސީ މަސައްކަތްތެރިން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އެހެންކަމުން މި މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް، ބިދޭސީ މަސައްކަތްތެރިން ގެންގުޅުއްވާ އެންމެހައި ފަރާތްތަކުން، ސަރުކާރަށާއި މިއޮފީހަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރަމެވެ.

             ބަޔޯމެޓްރިކްސް ނެގުމަށް ވަޑައިގަންނަވާއިރު ކޮންމެ ބިދޭސީ މަސައްކަތްތެރިއެއްވެސް، ޕާސްޕޯޓް އަދި ވޯކްވިސާ އާއި އެކު އެފަރާތުގެ ޒިންމާދާރުވެރިޔާގެ އައިޑީކާޑު ކޮޕީއެއް ގެނެސްދިނުން އެދެމެވެ.

ގަޑި: ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ( 10:00 އިން 14:00 އަށް )

ހޮނިހިރު ( 10:00 އިން 13:00 ) އަށް

                    މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

26 ޖުމާދަލް އޫލާ 1446

28 ނޮވެންބަރު 2024

28 ނޮވެންބަރު 2024