މުބާރާތް
ނަންބަރު: (IUL)407-ESM/407/2024/62
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި: 05 ޑިސެންބަރު 2024 14:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަސްރޭސް 2024

 މިކައުންސިލުން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި،  ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވައިލައިގެން މަސް ބޭނުމުގެ މުބާރާތެއް (މަސް ރޭހެއް) ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 10 ޑިސެންބަރު 2024 ވަނަ ދުވަހުއެވެ. މޫސުން ތަން ނުދޭނަމަ މުބާރާތް ބާއްވާ ތާރީޚު ބަދަލުވެދާނެއެވެ.  މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ގއ. ވިނގިލީގައި ދިރިއުޅޭ ދެޖިންސުގެ 18 އަހަރުން މަތީގެ އުމުރުފުރައިގެ ހުރިހާ ރައްޔިތުންނަށް ހުޅުވައިލައިގެންނެވެ. މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް މިއިޢުލާނާ އެކުގައިވާ ޤަވާޢިދުގައި ވާނެއެވެ.

ވީމާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަށް 2024 ޑިސެންބަރ 5 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މި އިޢުލާނާ އެކީގައިވާ "ރައްޔިތުންގެ މަސްރޭސް 2024 ގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި މުބާރާތުގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދޭފޯމް މި އިޢުލާނާއެކީ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ނޮވެންބަރު 2024