ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-2C/426/2024/464
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:20
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހިތަދޫ އަވަށުގެ ގޯތިތަކާއި ރަށުތެރޭގެ އެކިތަންތަނުގައި އަލިފާންރޯކޮށް ކުނި އެންދުން މަނާކުރުން

އިޢުލާން

 

ހިތަދޫ އަވަށުގެ ގޯތިތަކާއި ރަށުތެރޭގެ އެކިތަންތަނުގައި އަލިފާންރޯކޮށް ކުނި އެންދުން މަނާކުރުން.

             އައްޑޫސިޓީގެ ހިތަދޫ އަވަށުގެ އެކިތަންތަނުގައި އަލިފާން ރޯކޮށް ކުނިއެންދުމާއި، ދިރިއުޅުމަށް ދޫކުރެވިފައިވާ ބައެއް ގޯތިތައް ސާފުކުރުމަށްފަހު ކުނިނައްތާލުމުގެ ބޭނުމުގައި ގޯތިތަކުގައި ކުނި އެންދުން މިހާރު ޢާންމު ކަމަކަށް ވެފައިވާކަން މިއޮފީހަށްވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ އަލިފާނުގެ ނުރައްކާތެރި ޙަދިސާތައް ހިގުމަށް މަގުފަހިވެދާނެ ޢަމަލެއްކަމާއި އަދި މިކަމުގެ ސަބަބުން ރައްޔިތުންގެ ގެދޮރާއި މުދަލަށް ބޮޑެތިގެއްލުން ތަކެއް ލިބިގެންދިއުމުގެ ފުރުޞަތު އޮތް ކަމެއްކަމުގައި ދެކެމެވެ. މީގެ އިތުރުން އަލިފާން ރޯކޮށް، އެ އަލިފާނުގެ ސަބަބުން އުފެދޭ ދުމުން އަވަށްޓެރިންނަށް އުނދަގޫވާގޮތަށް އަލިފާން ރޯކުރުމަކީ ގަވާއިދު ނަންބަރު: 2019/R-995 (އާންމު އުނދަގުލާބެހޭ ގަވާއިދު) ގެ ދަށުން މަނާކަމެއްކަންވެސް އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

          ބުނެވިދިޔަ ގަވާއިދާއި ޚިލާފަށް އެކަށީގެންވާ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމެއްނެތި، އަވަށްޓެރިންނަށް އުނދަގޫވާގޮތަށް އަލިފާން ރޯކުރުމާއި ގޯތިތަކުގައި ކުނިއެންދުމަކީ މަނާކަމެއްކަމުގައިވާތީ، މިއަދުންފެށިގެން ހިތަދޫ އަވަށުގެ އެއްވެސް ތަނެއްގައި އިސްވެ ޙަވާލާދީފައިވާ ގަވާއިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު އެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

26  ޖުމާދަލްއޫލާ 1446   

28 ނޮވެމްބަރ 2024  

28 ނޮވެންބަރު 2024