ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-A1/1/2015/23
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 16 ޖުލައި 2015 14:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ސާރކް އާޓިސްޓް ކޭމްޕް އެންޑް އެގްޒިބިޝަން- ހިސްޓޯރިކަލް ސައިޓްްްްސްގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

 "ސާކް އާޓިސްޓް ކޭމްޕް އެންޑް އެގްޒިބިޝަން- ހިސްޓޯރިކަލް ސައިޓްްްްސް" ގައި ބައިވެރިވުމުގެ ފުރުޞަތު

މި ހިނގާ 2015 ވަނަ އަހަރުގެ އޮގަސްޓު 16 އިން 21 އަށް ސާކް ކަލްޗަރަލް ސެންޓަރުން އިންތިޒާމްކޮށް، އަފްޣާނިސްތާނުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ކަލްޗަރާ ގުޅިގެން "ސާކް އާޓިސްޓްސް ކޭމްޕް އެންޑް އެގްޒިބިޝަން- ހިސްޓޯރިކަލް ސައިޓްސް" ގެ ނަމުގައި ބާއްވާ އާޓް ކޭމްޕެއް އަފްޣާނިސްތާނުގެ ބާމިއާންގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޭމްޕުގައި ބައިވެރިވުމަށް 4 ފުރުޞަތު ދިވެހި ކުރެހުންތެރިންނަށް ލިބިފައިވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ކުރެހުންތެރިންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކޭމްޕްގައި ބައިވެރިވެލައްވާ ފަރާތްތަކަށް ހުރުމާއި ކެއުން އަދި އެތެރޭގެ ދަތުރުފަތުރު ހަމަޖައްސާނީ ސާކް ކަލްޗަރަލް ސެންޓަރުންނެވެ. އެއަރފެއަރ ހަމަޖައްސަވާނީ ބައިވެރިވެލައްވާ ފަރާތަކުންނެވެ.

ވީމާ، މި ކޭމްޕްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ކުރެހުންތެރީންގެ ވަނަވަރު ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްއަށް އެޑްރެސްކޮށް 16 ޖުލައި 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިސެންޓަރަށް ފޮނުވައިދެއްވުން އެދެމެވެ. މި 4 ޖާގައަށް ކުރެހުންތެރީން ހޮވޭނީ ހުށަހަޅާ ފަރާތްތަކުން އެންމެ ކަމުދާކަމަށް މިސެންޓަރުން އިވެލުއޭޓް ކުރުމަށްފަހު ލިސްޓްކުރެވޭ ފަރާތްތަކެވެ.

                                20 ރަމަޟާން 1436

07 ޖުލައި 2015