ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
މަގާމު: |
ކެމިކަލްސް މެނެޖްމަންޓް އޮފިސަރ |
ބޭނުންވާ މުއްދަތު: |
02 އަހަރު |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ނަންބަރު: |
- |
މަގާމުގެ ގިންތި: |
ވަގުތީ |
މަގާމުގެ ރޭންކް: |
އެމް. އެސް. 2 |
މަގާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ވަޒީފާ އަދާކުރަންޖެހޭތަން: |
ދިފާޢީ ވުޒާރާ، މާލެ |
މުސާރަ: |
މަހަކު 6,295.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު 2,000.00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
1- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް 2- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދެވޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 4- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
މައިގަނޑު މަސައްކަތް 1- ގާނޫނު ނަންބަރު 4/75 ގެ ދަށުން ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރުމަށް އެދޭ ފަރާތްތަކަށް ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދިނުމާއިގުޅޭ އެންމެހާ ކަންތައްތައް ކުރުން. 2- ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން ކެމިކަލް ރައްކާކުރަން ހަމަޖައްސާ ގުދަންތައް ޗެކުކުރުމުގެ އިންތިޒާމް އެމް.އެން.ޑީ.އެފް އާ ގުޅިގެން ހަމަޖެއްސުމާއި ހުއްދަ ދިނުމުގެ މަސައްކަތް ކުރުން. 3- ކެމިކަލް ވެޕަންސް ކޮންވެންޝަނާއި ދިވެހިރާއްޖެ އަށް ގެނައުން މަނާ ތަކެތީގެ ގާނޫނާއި ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދުގެ ދަށުން ރާއްޖެ އަށް އެތެރެކުރެވޭ ކެމިކަލްތަކާބެހޭ ގޮތުން ބަލަހައްޓަންޖެހޭ، ހުއްދަ ނަގަންޖެހޭ ކެމިކަލްތަކާއި، ހުއްދަ ނަގަންނުޖެހޭ ކެމިކަލްތަކާއި، މަނާކުރެވިފައިވާ ކެމިކަލްތަކާއި، ކެމިކަލް ވިއްކާ ފަރާތްތަކުގެ ދަފްތަރުތައް ހަދާ ބެލެހެއްޓުން. 4- ދިވެހިރާއްޖެ އަށް އެތެރެކުރާ ކެމިކަލްތަކުގެ ތެރެއިން ގާނޫނު ނަންބަރު 4/75 ގެ ދަށުން ނައްތާލަންޖެހޭ ކެމިކަލްތައް ނައްތާލުމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހޭ ކަންތައްތައް ކުރުމާއި ނައްތާލެވޭ ކެމިކަލްތަކުގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން. 5- ހުއްދަ ދެވޭ ކެމިކަލްތަކާއި ކެމިކަލް ރައްކާކުރާ ގުދަން އަދި ކެމިކަލް އެތެރެކުރާ ފަރާތްތަކުގެ މައުލޫމާތު މަކުޑި ސިސްޓަމްގައި ބެލެހެއްޓުން. 6- ރާއްޖޭގެ ފަރާތުން ސޮއިކޮށް ތަސްދީގުކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާ (ކެމިކަލް ވެޕަންސް ކޮންވެންޝަން) ގެ ދަށުން އަދި ގާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެ ގެނައުން މަނާތަކެތީގެ ގާނޫނު) ގެ ދަށުން މިނިސްޓްރީގެ ދާއިރާއިން ހަދަންޖެހޭ ބިލްތަކާއި ގަވާއިދުތައް ޑްރާފްޓްކުރާ ފަރާތްތަކަށް ފަންނީ ލަފާ ދިނުން. 7- ގާނޫނު ނަންބަރު 4/75 ގެ ދަށުން ހަދާފައިވާ ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދުގައިވާ އެންމެހާ ކަންތައްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 8- ރާއްޖެ އަށް އެތެރެކުރެވޭ ކެމިކަލްތަކަށް ހުއްދަ ދިނުމާއި ގުޅޭގޮތުން ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 9- ރާއްޖެ އަށް އެތެރެކުރުމަށް އެދި ހުށަހަޅާ ކެމިކަލް ބާވަތްތަކުގެ މެޓީރިއަލް ސޭފްޓީ ޑޭޓާ ޝީޓް އަދި އެހެނިހެން މައުލޫމާތުތައް ބަލައި ހުއްދަ ނަގަން ނުޖެހޭ ކެމިކަލްތައް ކަނޑައަޅާ އާންމުކުރުން. 10- ގާނޫނު ނަންބަރު 4/75 (ދިވެހިރާއް ގެނައުން މަނާތަކެތީގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ދަށުން ހިފެހެއްޓޭ ތަކެއްޗާއިމެދު ގޮތެއް ނިންމުމަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި އެކުލަވާލާފައިވާ ކޮމެޓީގެ ބައްދަލުވުންތައް ރާވާ ބެލެހެއްޓުމާއި ޔައުމިއްޔާ ލިޔެ ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. |
މަގާމުގެ ޝަރުތުތައް: |
އެގްރިކަލްޗަރަލް ކެމިސްޓްރީ، އެނަލިޓިކަލް ކެމިސްޓްރީ، އެޕްލައިޑް ކެމިސްޓްރީ، ބަޔޯ ކެމިސްޓްރީ، ކެމިކަލް އިންޖިނިއަރިންގ، ކެމިސްޓްރީ، އެންވަޔަރަންމަންޓަލް ކެމިސްޓްރީ، އިންޑަސްޓްރިއަލް ކެމިސްޓްރީ، އިންއޯގަނިކް ކެމިސްޓްރީ، އޯގަނިކް ކެމިސްޓްރީ، ޓޮކްސިކޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. ޕްރިފަރޑް ޑިސިޕްލިން: ނެތް މަގާމުގެ ކޯ ޑިސިޕްލިން: އެގްރިކަލްޗަރަލް ކެމިސްޓްރީ، އެނަލިޓިކަލް ކެމިސްޓްރީ، އެޕްލައިޑް ކެމިސްޓްރީ، ބަޔޯ ކެމިސްޓްރީ، ކެމިކަލް އިންޖިނިއަރިންގ، ކެމިސްޓްރީ، އެންވަޔަރަންމަންޓަލް ކެމިސްޓްރީ، އިންޑަސްޓްރިއަލް ކެމިސްޓްރީ، އިންއޯގަނިކް ކެމިސްޓްރީ، އޯގަނިކް ކެމިސްޓްރީ، ޓޮކްސިކޮލޮޖީ ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާ އަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިން ސެޓްފިކެޓަށް ކަނޑައަޅާފައިވާ 5 ޕޮއިންޓް ދެވޭނެއެވެ.
ކެމިސްޓްރީ |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ވުޒާރާގެ www.defence.gov.mv ވެބްސައިޓުންނާއި އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ،ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ. 4- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ. 6- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، (ރ) ޤައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަ ދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ، ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު". |
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- އަސާސީ ޝަރުތު ހަމަވުން %30 - އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5 - ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް %5 - އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5 - އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް) %20 - އިންޓަރވިއު %35 ނޯޓް: މަގާމަށް ޢައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަކަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) އިން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ. |
މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި (ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް) ހުށަހަޅާނީ 2024 ޑިސެންބަރު 8 ވާ އާދިއްތަ ދުވަހުގެ 14.00 ގެ ކުރިން މި މި ވުޒާރާ އަށެވެ. ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް ([email protected]) އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ފޯމް އޮންލައިންކޮށް މިވުޒާރާ އަށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓް ކުރުން: |
މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަވިއުއޮންނާނެ ތަނާއި މުއްދަތު: |
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނާއި އިންޓަވިއު އޮންނާނީ، 2024 ޑިސެންބަރު 11 އާ 17 ދެމެދު، ދިފާޢީ ވުޒާރާގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް)" އާންމުކުރުން. |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މަޢުލޫމާތު ސާފުކުރުން. |
މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313724 އަށެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |