މަޤާމު:
|
ލީގަލް އޮފިސަރ
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް 2
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.
|
ޑިޕާޓްމަންޓް
|
ކޭސް މެނޭޖްމަންޓް
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ލޯ އެންޑް ޝަރީޢާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 05 ގެ ފެންވަރުގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.
|
މައިގަނޑު މަސްއޫލިއްޔަތު:
|
- އޮފީހަށް ހުށަހެޅޭ އާރު.ޓީ. އައި މައްސަލަތައްބެލުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން.
- އާރު.ޓީ.އައި އާ ގުޅިގެން ބޭނުންވާ ލަފާދިނުން.
- އިންޓަރނަލް އެންޑް އެކްސްޓަރނަލް ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ލިޔުން.
- މި އޮފީހަށް ހުށަހެޅޭ އާރު.ޓީ.އައި މައްސަލަތަކުގެ ނިންމުމާއި ރިޕޯޓު ލިޔުން.
- ހުށަހެޅޭ އާރު.ޓީ.އައި މައްސަލަތަކުގެ ޝީޓު އަދާ ހަމަކޮށް ބެލެހެއްޓުން.
- ކޮންމެ ދުވަހެއްގެވެސް ކުރެވޭ މަސައްކަތުގެ މައްޗަށް ބިނާކޮށް އެދުވަހުގެ ޔައުމިއްޔާ ލިޔުން.
- ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފޮނުވަން ޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފޮނުވުން.
- އޮފީހުގެ މައިގަނޑު މަސައްކަތްތަކާ ގުޅުންހުރި އެހެނިހެން މަސައްކަތް ކުރުން.
|
މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް:
|
- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު
- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު
- މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު
- ކޮމްޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު
- ވަޒީފާއާ ބެހޭ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު
|
އުޖޫރައާއި އިނާޔަތްތައް:
|
- އަސާސީ މުސާރަ: (މަހަކު) -7,000/ ރުފިޔާ.
- ސަރވިސް އެލަވަންސް: (މަހަކު) -3,000/ ރުފިޔާ
- ލިވިންގ އެލަވަންސް: (މަހަކު) -3,000/ ރުފިޔާ
- އެހެން ވަޒީފާއެއް އަދާކުރުން މަނާ ކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35
- އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު
- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން
|
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:
|
05 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.
ފޯމުތައް އީމެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990 ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.
|