ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)460-AF/460/2024/11
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި: 05 ޑިސެންބަރު 2024 13:30
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ލީގަލް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ލީގަލް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ.އެސް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

ލީގަލް

ފެންވަރު ނުވަތަ ޝަރުޠު:

  1. ލޯ އެންޑް ޝަރީޢާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 05 ގެ ފެންވަރުގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. ކޮންމެ ދުވަހެއްގެވެސް ކުރެވޭ މަސައްކަތާއި އަދި އެކިފަރާތްތަކާއިއެކު ލީގަލް ޔުނިޓުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން.
  1. ލީގަލް ޔުނިޓަށް އަންނަ ސިޓީ އިމެއިލްތަކަށް ޖަވާބުދިނުން.
  1. ކޯޓުތަކުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ތަމްސީލުކުރުމުގައި އެހީތެރިވުން.
  2. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުމުގައި އެހީތެރިވުން.
  3. ޤާނޫނޫ ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ތަންފީޒު ކުރުމުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވުން.
  4. ޤާނޫނޫ ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)  އާ ގުޅޭ ގޮތުން އޮފީހުގެ ފަރާތުން ބާއްވާ އެކިއެކި ޓްރެއިނިންގްތައް ކުރިއަށް ގެންދިއުން.
  5. އޮފީހުން އެކި ކަންކަމާ ގުޅިގެން ހަދަން ޖެހޭ އެއްބަސްވުންތައް ހެދުމުގައި އެހީތެރިވުން.
  6. އޮފީހަށް ހުށަހެޅޭ އާރު.ޓީ. އައި މައްސަލަތައްބެލުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން.  

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް:

-      މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

-      ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

-       މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

-      ކޮމްޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު

-      ވަޒީފާއާ ބެހޭ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

އުޖޫރައާއި އިނާޔަތްތައް:

-      އަސާސީ މުސާރަ: (މަހަކު) -7,000/ ރުފިޔާ.

-      ސަރވިސް އެލަވަންސް: (މަހަކު) -3,000/ ރުފިޔާ

-      ލިވިންގ އެލަވަންސް: (މަހަކު) -3,000/ ރުފިޔާ

-      އެހެން ވަޒީފާއެއް އަދާކުރުން މަނާ ކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

-      އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

   - ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

   - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު

   - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

05 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

ފޯމުތައް އީމެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.

ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައިޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

28 ނޮވެންބަރު 2024