ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަންނަނިވި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުޠުތައް އަދި މުސާރައާއި އިނާޔަތްތައް ތިރީގައި އެވަނީއެވެ.
މަޤާމު: |
އައި.ޓީ.އޮފިސަރ |
ބޭނުންވާ ޢަދަދު: |
1 |
މުއްދަތު: |
1 އަހަރު (މަސައްކަތުގެ ފެންވަރު ބަލައި މުއްދަތު އިތުރުކުރެވޭނެއެވެ.) |
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
ދިވެހިރާއްޖޭގެ ބާ ކައުންސިލް |
މުސާރައާއި އިނާޔަތް: (ބޭސިކް ޓޭކް-ހޯމް ޕޭ) |
-/13,155 ރުފިޔާ |
މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް: |
- މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ. |
އަސާސީ ޝަރުޠުތައް: |
- ދިވެހި ރައްޔިތެއް ކަމުގައިވުން؛ - މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ؛ - މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް އޮތުމާއެކު އައި.ޓީ ދާއިރާގައި މަސައްކަތްކުރާތާ 2 އަހަރުވެފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތުތައް: |
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
އިތުރު މަޢުލޫމާތު |
- މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ. - މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސްކްރީންކުރުމުގެ މަރުޙަލާ (ޓެސްޓު/ އިންޓަވިޔު/ ޕްރެޒެންޓޭޝަން)އަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. - މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ޓެސްޓެއް ހަދަންޖެހޭނަމަ ނުވަތަ ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، އެކަމާ ގުޅޭ މަޢުލޫމާތު ޝޯޓްލިސްޓްވާ ފަރާތްތަކަށް އީ-މެއިލް މެދުވެރިކޮށް އަންގާނެއެވެ. - ސްކްރީން ކުރުމުގެ މަރުޙަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ. - މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. |
ސުންގަޑި: |
12 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން |
މަޤާމަށް އެދެންވީ ގޮތް: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ. |