ކުއްޔަށް ދިނުން
ނަންބަރު: A/IUL/344/2024/63
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 16 ޑިސެންބަރު 2024 10:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫގައި ކޭބަލްޓީވީ އާއި އިންޓަނެޓްގެ ޙިދުމަތްދިނުމަށް ދިރާގު ބިމުގެ ދެކުނުފަރާތުގައިވާ ހުސްބިން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުން

އިއުލާނު ނަންބަރު: A/IUL/344/2024/63 

      

އިޢުލާން

އއ.ފެރިދޫގައި ކޭބަލްޓީވީ އާއި އިންޓަނެޓްގެ ޙިދުމަތްދިނުމަށް ދިރާގު ބިމުގެ ދެކުނުފަރާތުގައިވާ ހުސްބިން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުން

              ކޭބަލް ޓީވީ އަދި ހައިސްޕީޑް އިންޓަރނެޓްގެ ޚިދުމަތް އއ. ފެރިދުއަށް (ރައްޔިތުންނަށް) އެކަށީގެންވާ ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މުވާސަލާތީ ތަކެތި ޤާއިމްކުރުމަށްޓަކައި، ދިރާގު ބިމުގެ ދެކުނުފަރާތުގައިވާ 2182.86 އަކަފޫޓު ބިން ބިޑް އުޞޫލުން 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް  މިކައުންސިލުން ކުރި ނަމްބަރ: A/IUL/344/2024/60 (2024 ސެޕްޓެމްބަރ 18) އަދި A/IUL/344/2024/61 (2024 އޮކްޓޫބަރ 16) އިއުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވަތީ، މިިބިންކުއްޔައްނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

މިބިން ދޫކުރުމާއިގުޅޭ މައުލޫމާތު ޝީޓާއި ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އަދި ބިޑް ހުށަހަޅާ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެންހުންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ކޭބަލްޓީވީ އާއި އިންޓަނެޓްގެ ޙިދުމަތް ދިނުމަށް ޓެލެކޮމިއުނިކޭޝަންގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 08 ޑިސެމްބަރ 2024 ވާ  އާދީއްތަ ދުވަހުގެ 10:00  ގެ ކުރިން މިކައުންސިލަށް ދުރުވެ ނުވަތަ [email protected]  މެއިލްއަށް ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ބީލަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މިބީލަމާއިގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން 11 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ 10:00 ގައި މިކައުންސިލް އިދާރާގައި އޮންނާނެއެވެ. ބިޑް ހުށަހެޅުމާއި ބިޑްތައް ހުޅުވުން އޮންނާނީ 16 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ  10:00 ގައި މިކައުންސިލް އިދާރާގައެވެ. މިއިޢުލާނާއި ގުޅިގެން ބިޑްހުށަހެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި ބިޑް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މައުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ ބިޑްތައް ބާޠިލް ކުރެވޭނެއެވެ.

27 ނޮވެންބަރު 2024