ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ 2 ބޯޓު ނީލަލަމުގައި ވިއްކާލުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)30-A2/30/2024/173 (18 ނޮވެމްބަރ 2024 ) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައި ނުވާތީ އަލުން ތިރީގައި ތަފްސީލް ދެވިފައިވާ ގޮތަށް ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.
- ބޯޓުގެ ނަން: މަނޯޖް
- ރަޖިސްޓްރީ ނަންބަރު: IMUL-A-0028-KLT
- ބޯޓު ރަޖިސްޓްރީ ކޮށްފައިވާ ޤައުމު: ސްރީލަންކާ
- ނީލަން ފަށާ އަގު: 6،800،000.00 (ހަމިލިއަން އަށްލައްކަ ރުފިޔާ)
- ބޯޓް އޮތް ތަން: ދޫނިދޫ ބަނދަރު
- 2. ނީލަން ކިއުމަށް ހަމަޖެހިފައިވާ:
- ތާރީހް: 03 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަސް
- ގަޑި: 09:20
- ތަން: ދޫނިދޫ ބަނދަރު
ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދޫނިދޫ އަށް ފުރުމަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގް ކުރިމައްޗަށް 08:45 އަށް ހާޒިރުވުމަށް ދަންނަމެވެ.
ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް 9474709 / 3322625އަށް ގުޅުއްވުން އެދެމެވެ.