| 
 އިޢުލާން 
 | 
| 
 ތާރީޚް:  
 | 
 26ނޮވެމްބަރު 2024 
 | 
 ނަންބަރު: 
 | 
 (IUL)401-C/401/2024/55 
 | 
| 
 24 ޖުމާދަލްއޫލާ 1446 
 | 
 އިޢުލާނުގެ ވަނަ: 
 | 
 01 
 | 
| 
 ފޮނަދޫގައި ޝޮޕިންގް ކޮމްޕްލެކްސްއެއް ތަރައްޤީކޮށް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން 
 | 
| 
 ލ.ފޮނަދޫގައި ޝޮޕިންގ ކޮމްޕްލެކްސް އެއް ތަރައްޤީ ކޮށް ހިންގުމަށް ތިރީގައި މިދަންނަވާ ބިން ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ. ވީމާ، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ޝޮޕިންގ ކޮމްޕްލެކްސްއެއް ތަރައްޤީ ކޮށް ހިނގުމަށް ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 
| 
 ބިން އޮތްތަން 
 | 
 ބިމުގެ ބޮޑުމިން 
 | 
 
| 
  ދަ ޖެމްކިޗަންގެ ދެކުނުން ބޮޑުތަކުރުފާނުމަގުގެ ހުޅަނގުން ބޮޑުމަގުގެ އުތުރުން B-99 ބްލޮކް 
 | 
 15000އަކަފޫޓް 
 | 
 
 
 
  
 | 
| 
 ބީލަމުގައި ރަޖިސްޓްރީވުން 
 | 
- މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ  -/150ރ އެވެ.
 
- ރަޖިސްޓްރީ ވުމަށްޓަކައި 02 ޑިސެމްބަރު 2024 (ހޯމަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
 
 
-          ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.gle/ychU8XieqgJfgFsy8 
 | 
| 
 މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން 
 | 
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
 
- ބީލަމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު admin@fonadhoo.gov.mv އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.
 
 
 | 
| 
 ބީލަން ހުށަހެޅުން / ބީލަން ހުޅުވުން 
 | 
- ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޑިސެމްބަރު 2024 (އަންގާރަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
 
- ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
 
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރު 2024 (އަންގާރަ) ދުވަހުގެ 13:30ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
 
- ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ފޮނަދޫ ކައުންސިލްގެ މީޓިންގރޫމް ގައެވެ.
 
 
 | 
| 
   
  
  
  
 | 
   
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
 | 
| 
   
 | 
| 
   
 |