ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-4B/426/2024/463
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:22
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތާއި ގުޅޭ

އިޢުލާން

އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތާއި ގުޅޭ:

            މިއަވަށުގައި އަމިއްލަ ދިރިއުޅުމަށް އާމްދަނީ ހޯދުމަށް އެކި ބާވަތުގެ ކާބޯތަކެތި ވިއްކުމުގެ މަސައްކަތް ގިނަ ފަރާތްތަކުން ކުރަމުން ދާތީ، މިފަދަ ގިނަ ފަރާތްތަކުން ހެދިފައިވާ އުޞޫލާއި އެއްގޮތަށް ވިޔަފާރި ރަޖިސްޓަރީކޮށްގެން އާމްދަނީ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އިލްތިމާސް ކުރަމެވެ.

            އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނަންބަރު: (IUL)182-FRP/182/2024/27 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ. މި އިޢުލާނުގައިވާ ފަދައިން އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި ޢަމަލު ކުރަންވީ ގޮތުގެ މިންގަނޑު (ނަންބަރު: MFDA-FCD STAN 18-2024) އަދި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުޞޫލާއި (ނަންބަރު: MFDA-FCD GL 4-2024)  އެއްގޮތަށް ދިރިތި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށް ދަންނަވަމެވެ.

 

25 ޖުމާދަލްއޫލާ 1446

27 ނޮވެންބަރު 2024

27 ނޮވެންބަރު 2024