ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)CA407/2024/61
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 10 ޑިސެންބަރު 2024 00:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހާޖީ ފައުންޑޭޝަންގެ ފަރާތުން ޢުމުރާއަށް ފޮނުވާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހާޖީ ފައުންޑޭޝަންގެ ފަރާތުން ޢުމުރާއަށް ފޮނުވާނެ ފަރާތެއް ހޯދުމަށް (.)          

ވިލިނގިލީ ދާއިރާގެ މަޖިލިސް އިންތިޚާބުގެ ވަޢުދުތަކުގެ ތެރެއިން، މަޖިލިސް ދައުރު ނިމެންދެން ކޮންމެ އަހަރަކު ހާޖީ ފައުންޑޭޝަނުން ދެ ފަރާތަކަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ހަމަޖެހިފައިވާކަމަށް އެފައުންޑޭޝަނުން މިއިދާރާއަށް އަންގަވާފައިވެއެވެ. މިގޮތުން މި އަހަރުގެ ޑިސެމްބަރ މަހު ޢުމްރާ ދަތުރަށް ދެ ފަރާތެއް ފޮނުވުމަށް ހާޖީ ފައުންޑޭޝަނުން ނިންމާފައިވާތީ، ޙައްޖު އަދި ޢުމްރާއަށް ފޮނުވާނެ ފަރާތްތައް ހޮވުމުގެ އުޞޫލާ އެއްގޮތަށް، ޢުމްރާއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލުމަށް މިއިދާރާގައި އެދިފައިވާތީ 26 ނޮވެމްބަރ 2024 އިން ފެށިގެން 10 ޑިސެމްބަރ 2024 ގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ މުއްދަތު ޙުޅުވާލެވިފައިވާވާހަކަ ޢާއްމުކޮށް އިޢުލާންކުރީމެވެ. މި މުއްދަތުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި އިދާރާއިން ފޯމު ދޫކުރުމާއި ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ފޯމް ދޫކުރުމާއި، ބަލައިގަތުން:

ރަސްމީ ދުވަސްތަކުގައި (ހެނދުނު 09:00 އިން މެންދުރު 13:00 އަށް)

27 ނޮވެންބަރު 2024