ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)284-A/284/2015/23
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 21 ޖުލައި 2015 13:00
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ރޭންކާއި

ކްލެސިފިކޭޝަން:

އެމް.އެސް.1 ، ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ށ. މިލަންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

މަޤާމުގެ މަސްއޫލިއްޔަތާއި ވާކިބުތައް:

1. ކައުންސިލް އިދާރާއިން ހިންގަންޖެހޭ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް ޕްރޮޕޯޝަލްތައް ތައްޔާރުކުރުން.

2. ކައުންސިލާއި ސަރުކާރުން ރަށުގައި ހިންގާ މަޝްރޫޢުތައް ވިލަރެސްކުރުމާއި މޮނިޓަރކުރުން.

3. ކައުންސިލާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތައް މަރާމާތުކުރުމާބެހޭ ކަންކަން ކުރުން.

4. ކައުންސިލާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ  ތަންތަނަށް ހޯދަން ބޭނުންވާ ތަކެތި ހޯދުން.

5. ރަށުގައި އުފެދިފައިވާ ކްލަބް، ޖަމްޢިއްޔާ، ޖަމްޢިއްޔާތަކަށް ކައުންސިލުން ދޭންޖެހޭ އެއްބާރުލުމަށް އެހީތެރިވުމާއި ފަންނީ އެހީ ފޯރުކޮށްދިނުން.

6. ޕްރޮޖެކްޓްތަކުން ލިބޭ ނަފާ، ރަށުގެ ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ލިބޭނެގޮތްތައް ރާވައި ހިންގުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

3. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭހެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީން (%49)

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (%8)

- ލިބިފައިވާ ހުނަރު

- އިންޓަވިއު (%43)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 ޖުލައި 21 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، ށ.މި ލަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ.މެއިލާއި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް: [email protected] / ފެކްސް ނަމްބަރު: 6540064 )

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނޫ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

5. (ހ) ލިބިފައިވާ ހުރިހާ ތަޢުލީމީ ސަނަދުތަކާއި ސެޓްފިކެޓްތައް ( މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނޫ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

(ށ) ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމާއި ޓްރާންސްކްރިޕްޓް (އަސްލާ އެއްގޮތަކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓް ކޮޕީ (އަސްލާ އެއްގޮތަކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު.

އިންޓަރވިއު އޮންނާނެ ތަނާއި ތާރީޚު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2015 ޖުލައި 28 ވާ އަންގާރަ ދުވަހު ށ. މިލަންދޫ ކައުންސިލްގެ އިދާރާގައެވެ.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑިއާއި ބަންދު ދުވަސްތަކުގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ހަމަޖެހޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540063 ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ 6540064 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

22 ރަމަޟާން 1436

09 ޖުލައި 2015