ބީލަން
ނަންބަރު: GS-189/IUL/2024/46
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 08:54
ސުންގަޑި: 08 ޑިސެންބަރު 2024 12:00
މާމެންދޫ ސްކޫލް، ލ.މާމެންދޫ
ދިވެހިރާއްޖެ
2025 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

2025 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

         01 ޖެނުވަރީ 2025 އިން 31 ޑިސެމްބަރު 2025 ގެ ނިޔަލަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތަތަކުން 27 ނޮވެމްބަރު 2024 ވާ ބުދަ ދުވަހުން ފެށިގެން 08 ޑިސެންބަރ 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ސްކޫލްގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ. ނަންނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ.

        މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ( ޤާނޫނު ނަންބަރ: 18/2014 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ: 19/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

         ނަންނޯޓް  ކުރަން ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، އައިޑީކާޑް އަދި ބަދަލުގައި އެހެން ފަރާތެއް ހާޟިރުވާނަމަ ހާޟިރުވާ ފަރާތުގަވެސް އައިޑީކާޑާއި، ވެރިފަރާތުގެ ލިޔުމެއް ގެންނަންވާނެއެވެ.

       ބީޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 12 ޑިސެމްބަރު 2024 ވާ ބުރާސްފަތި ދުވަހު 11:00 ގައެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް 7907948 ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.     

27 ނޮވެންބަރު 2024