ދެންނެވުން
ނަންބަރު: MBA/IUL/2024/19
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 19:20
ސުންގަޑި: 11 ޑިސެންބަރު 2024 13:30
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ޚާއްސަ ޢާންމު ޖަލްސާ

މިއެސޯސިއޭޝަންގެ 2028-2024 ދައުރުގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި ޚާއްސަ ޢާންމު ޖަލްސާ، 14 ޑިސެމްބަރ 2024 ވާ ހޮނިހިރު ދުވަހުގެ 20:30 ގައި އެމް.އެން.އައި.އެސް ސެމިނަރ ރޫމް (ހ.ބޯޅަގެ، 3 ވަނަ ފަންގިފިލާ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން ހިންގާ ކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. އަދި އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ މަޤާމްތައް ތިރީގައި އެވަނީއެވެ.

  • 01 ރައީސް
  • 01 ނަޢިބު ރައީސް އިދާރީ
  • 01 ނަޢިބު ރައީސް މާލީ
  • 01 ސެކްރެޓަރީ ޖެނެރަލް
  • 05 މެންބަރުން

މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްގުލިބިފައިވާ ފުރިހަމަ މެންބަރު ކުލަބް/ޖަމްޢިއްޔާތައް ތަމްސީލުކުރާ މަންދޫބުން ރަޖިސްޓަރ ކުރުމަށް ހުށައަޅާ ޕްރޮކްސީ ފޯމާއި އިންތިޚާބުގައި ހޮވާ މަޤާމްތަކަށް ކުރިމަތިލުމަށް ހުށައަޅާ ފޯމު އަދި އިންތިޚާބު ކުރިއަށް ގެންދިއުމަށްޓަކައި އަމަލުކުރެވޭ އުސޫލު މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

މި އިންތިޚާބުގައި ހޮވާ މަޤާމްތަކަށް ކުރިމަތިލުމަށް ހުށައަޅާ ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 03 ޑިސެމްބަރު 2024 ވާ އަންގާރަ ދުވަހުގެ 13:30 އެވެ. އަދި ފުރިހަމަ މެންބަރު ކުލަބް/ޖަމްޢިއްޔާތައް ތަމްސީލުކުރާ މަންދޫބުން ރަޖިސްޓަރ ކުރުމަށް ހުށައަޅާ ޕްރޮކްސީ ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 11 ޑިސެމްބަރު 2024 ވާ ބުދަ ދުވަހުގެ 13:30 އެވެ. ހުރިހާ ފޯމެއްވެސް ހުށައަޅުއްވަންވާނީ މިއެސޯސިއޭޝަނުގެ އިދާރީ އޮފީހަށެވެ.

މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްގުލިބިފައިވާ ފުރިހަމަ މެންބަރު ކުލަބް/ޖަމްޢިއްޔާތަކުގެ ނަންތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ. އަދި މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ނުވަތަ ޝަކުވާ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 05 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން މިއެސޯސިއޭޝަނަށް އެންގެވުން އެދެމެވެ.

 

1-

ބެންޗް ސްޕޯރޓްސް ކުލަބް

11-

ރައިސިންގް ބާސްކެޓްބޯލް އެކަޑަމީ

2-

ސައިކްލޯން ބާސްކެޓްބޯލް ކުލަބް

12-

ރޯޔަލްސް ބާސްކެޓްބޯލް ކުލަބް

3-

އެލީޓް ސްޕޯރޓްސް ކުލަބް

13-

ސްޕާޓަންސް ސްޕޯޓްސް ކުލަބް

4-

ހުޅުމާލެ ސްޕޯޓްސް ކުލަބް

14-

ސްޓިންޖާސް ބާސްކެޓްބޯލް ކުލަބް

5-

ކިންގްސް ބާސްކެޓްބޯލް ކުލަބް

15-

ދަ ބައުސް ސްޕޯރޓްސް ކުލަބް

6-

އެލް.ކިޔު ސްޕޯރޓްސް ކުލަބް

16-

ޓީ-ރެކްސް ބާސްކެޓްބޯލް ކުލަބް

7-

ލަޔަނެސް ސްޕޯރޓްސް

17-

ޓެލަންސް ބާސްކެޓްބޯލް ކުލަބް

8-

ކުއީންސް ބާސްކެޓްބޯލް ކުލަބް

18-

ޔުނައިޓެޑް ނެޓްވަރކް އޮފް ފްރެންޑްސް

9-

ރެޕްޓަރސް ބާސްކެޓްބޯލް ކުލަބް

19-

ވައިޕަރސް ބާސްކެޓްބޯލް ކުލަބް

10-

ރެޑް ވިންގްސް ބާސްކެޓްބޯލް ކުލަބް

20-

ޑަބްލިޔު ސްޕޯރޓްސް އެކަޑަމީ

26 ނޮވެންބަރު 2024