ނީލަން
ނަންބަރު: 171-Y(FBM3)/IUL/2024/35
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި:
08 ޑިސެންބަރު 2024 11:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިޚިދުމަތުގެ ގދ.ގައްދޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކޮށްފައިވާ (މިހާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ) 03 ވެހިކަލް ނީލަމުގައި ވިއްކާލުމަށް
ނީލަން ކިއުން.
- މިޚިދުމަތުގެ ގދ.ގައްދޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކޮށްފައިވާ (މިހާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ) 03 ވެހިކަލް ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.
- ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޢިއުލާނާއެކު އެއްހީރަސް ކޮށްފައިވާ "ނީލަމުގައި ރަޖިސްޓަރީވާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މިޚިދުމަތުގެ މެއިލް އެޑްރެސް [email protected] އަދި [email protected] އަށް ފޮނުވުމަށް އެދެމެވެ. މިޚިދުމަތަށް މެއިލް ލިބުމުން މެއިލް ކުރިފަރާތަށް ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
- ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، 2024 ޑިސެންބަރު 08 ވަނަ ދުވަހުގެ 11:00 (ހެނދުނު) އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ، 2024 ޑިސެންބަރު 09 ވަނަ ދުވަހު 09:30 (ހެނދުނު) ގައި ގދ.ގައްދޫ ޕޮލިސް ސްޓޭޝަންގައެވެ.
- ނީލަން ކިއުން އޮންނާނީ، 2024 ޑިސެންބަރު 10 ވަނަ ދުވަހުގެ 10:00 (ހެނދުނު) ގައި ގދ.ގައްދޫ ޕޮލިސް ސްޓޭޝަން ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރަން ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
- ނީލަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރަޖިސްޓަރީވުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
26 ނޮވެންބަރު 2024