ބީލަން
ނަންބަރު: (IUL)364-MSS/364/2024/58
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 05 ޑިސެންބަރު 2024 13:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. މުލަކުގައި ފަތުރުވެރިކަމުގެ ތަޢުލީމާއި، ހުނަރާއި، ފަންނުތަކުގެ ދާއިރާއިން މީހުން ބިނާކުރާނެ މަރުކަޒެއް ޤާއިމުކުރުމަށް ބިން ދޫކުރުން.

މި އިޢުލާންވަނީ 27 ނޮވެންބަރު 2024 21:25 ގައި ބާތިލް ކުރެވިފައެވެ.


ފަތުރުވެރިކަމުގެ ތަޢުލީމާއި، ހުނަރާއި، ފަންނުތަކުގެ ދާއިރާއިން މީހުން ބިނާކުރާނެ މަރުކަޒެއް ޤާއިމުކުރުމަށް، ރަށުގެ ހުޅަނގު އުތުރު ފަޅިން، މ. މުލަކު ކައުންސިލުގެ ނަމުގައިވާ 53،000 އަކަފޫޓުގެ ބިން، ކުއްޔަށްދޫކުރުމަށް މި ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބިޑް ހުޅުވާލެވިފައި ވަނީ، ދިވެހި ރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު 2014/18 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން 2024 ނޮވެންބަރު 26 ން 2024 ޑިސެންބަރު 05 ގެ 13:00 ގެ ނިޔަލަށް ބިޑު ރަޖިސްޓްރީ ފޯމް ނަންގަވާ، ތިރީގައިވާ ލިންކު މެދުވެރިކޮށް، "ބިޑު ރަޖިސްޓްރީ ފޯމް" ފުރިހަމަ ކުރެއްވުން އެދެމެވެ. ބީލަން ފޯމްގެ އަގަކީ -/3000 (ތިންހާސް) ރުފިޔާއެވެ. ރަޖިސްޓްރޭޝަން ފީ ޖަމާކުރައްވާނީ މިއިދާރާގެ އަންނަނިވި އެކައުންޓަށެވެ. އަދި ރަޖިސްޓަރީވެވޭނީ ރަޖިސްޓްރީވުމަށް އެދި ދައްކާފައިވާ ފައިސާގެ ސްލިޕް [email protected] މެއިލަށް މެއިލް ކުރުމުންނެވެ.

ބޭންކް އެކައުންޓުގެ ނަން:         1411 ރެވެނިއު 1

އެކައުންޓް ނަންބަރު:            7709700388001

ސްލިޕްވައިބަރ ކުރައްވާނެ ނަންބަރު:   7341417

  • ބިޑު ރަޖިސްޓަރީ ފޯމް ލިންކް:

https://forms.gle/47wj5S6pVmUEkJq68

ޕްރީބިޑު މީޓިންގ:

17 ޑިސެންބަރު 2024 ގެ 13:00 މުލަކު ކައުންސިލު އިދާރާގެ މީޓިން ރޫމް

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން:

19 ޑިސެންބަރު 2024 ގެ 13:00 މުލަކު ކައުންސިލު އިދާރާގެ މީޓިން ރޫމް

 

 މި ބީލަމުގައި ރަޖިސްޓަރީވުމަށް ކަނޑައަޅާފައިވާ ފައިސާ ދެއްކިކަމުގެ ސްލިޕް އެއްކަރުދާސް ކުރެވިފައި އޮންނަންވާނެ އެވެ. ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް ބީލަންފޮތް ދޫކުރެވޭނެ އެވެ. ބީލަމުގައި ރަޖިސްޓަރީ ކުރެވުނުކަން ކަށަވަރުކުރުމަކީ މިކަމަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބިޑު ހުށަހެޅުމަށް ބައިވެރިވެވޭނީ ބިޑު ހުށަހެޅުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ބަދަލުގައި އެހެން ފަރާތަކުން ބިޑު ހުށަހެޅުމަށް ވަޑައިގަންނަވާނަމަ، ބިޑުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ސިޓީއެއް އޮންނަންވާނެއެވެ.

ބިޑުތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާކަމެއްވާނަމަ، އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ފޯނު:  6723715

އިމެއިލް: [email protected]

        

         

26 ނޮވެންބަރު 2024