ދެންނެވުން
ނަންބަރު: (IUL)271-CA/271/2024/42
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 05 ޑިސެންބަރު 2024 12:00
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ

އިޢުލާން

ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ 

ށ.ކަނޑިތީމުން އަލަށް ގޯތިދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ފާހަގަކޮށް ދެންނެވުނު ސަރަހައްދުގައިވާ ރުއްގަހުގައި މިއިދާރާއިން ވާނީ ނަމްބަރު ޖަހާފައެވެ. ރުއްގަހުގެ ވެރިފަރާތްތައް ދެނެގަތުމަށް ފޯމް ދޫކުރުން 27 ނޮވެމްބަރ 2024 ވާ (ބުދަ) ދުވަހުން ފެށިގެން 05 ޑިސެމްބަރ 2024 ވާ (ބުރާސްފަތި) ދުވަހުގެ 12:00 އަށް ކުރިއަށް ދާނެވާހަކަ ދެންނެވީމެވެ. 

ވީމާ، ރުއްގަހުގެ ވެރިފަރާތްތަކުން މިއިދާރާއަށް ދުރުވެ ފޯމް ނަންގަވާ ފޯމް ފުރިހަމަކުރުމަށް ދެންނެވީމެވެ. ބުނެވި ދިޔަ މުއްދަތުގައި ފޯމް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ ތަކެއްޗަކީ ވެރިފަރާތެއް ނުވާތަކެތި ކަމުގައި ބަލައި ނައްތާލެވޭނެވާހަކަ ދެންނެވީމެވެ.  

 

24 ޖޫމާދުލްޢޫލާ 1446 

26 ނޮވެމްބަރ 2024

 

26 ނޮވެންބަރު 2024