ކުއްޔަށް ހިފުން
ނަންބަރު: GS37/2015/27
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 16:09
ސުންގަޑި: 08 ޖުލައި 2015 10:30
ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކޮޓަރި ކުއްޔަށް ހިފުމަށް

އިޢްލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ފަރާތުން 2015 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ ޓީޗިން ޕްރެކްޓިސްއަށް ފޮނުވޭ ދަރިވަރުންގެ އެކަމަޑޭޝަން ހަމަޖައްސަން ބޭނުން ވެއްޖެއެވެ.

މިކަމަށް ބޭނުންވާ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

1- 05 ކޮޓަރި، 04 ކޮޓަރި، 03 ކޮޓަރި، 02 ކޮޓަރި، 01 ކޮޓަރީގެ ގެއެއްކަމުގައި ވުން.

2- ތަނަކީ އެކަށީގެންވާ ފެންވަރެއްގައި ހުރި ކުދިން އަމިއްލައަށް ކައްކައި ދޮވެ އިސްތިރި ކުރެވޭގޮތަށް ފަރުނީޗަރާއެކު ސަލާމަތީ ގޮތުން އެކަށީގެންވާ ގެއެއްކަމުގައި ވުން.

ދަރިވަރުން ކޮޓަރިތަކުގައި ބައިތިއްބާނީ ކޮޓަރި އެއްގައި ގިނަވެގެން އެއްޖިންސުގެ 03 ކުދިންނެވެ. ކުއްޔަށް ހިފާ ތަނެއްގެ ކަރަންޓް ޚަރަދު ފަދަ ޚަރަދުތައް ކުރާނީ ތަނުގެ ވެރިފަރާތުންނެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަށްވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

އަންދާސީހިސާބުހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

08 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 10.30 ގައި

ޕޮއިންޓް ދިނުމުގެ އުސޫލު:

1- ތަނުގެ ކުއްޔަށް 50 ޕޮއިންޓް

2- ފެސިލިޓީސް އަށް 35 ޕޮއިންޓް

3- ސެކިއުރިޓީ އަށް 15 ޕޮއިންޓް

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

02 ޖުލައި 2015