ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)340/340/2024/49
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި:
31 ޑިސެންބަރު 2024 14:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލުން ޢާއްމުކުރާ މަސައްކަތްތަކަށް ބިޑުހުށަހަޅާ ފަރާތްތަކާއި ކޯޓޭޝަން ހުށަހަޅާ ފަރާތްތަކާއި ކައުންސިލުން ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ފައިސާ ނުދައްކާ ފަރާތްތަކާއިމެދު ޢަމަލުކުރާނެ އުޞޫލެއް ކަނޑައެޅުން:
މި ކައުންސިލްގެ ފަރާތުން ޢާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދާ ބިޑުތަކާއި ކޯޓޭޝަން ނަގައިގެން ކުރިޔަށް ގެންދާ މަސައްކަތްތަކަށް ބިޑް ނުވަތަ ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ބިޑާއެކު ނުވަތަ ކޯޓޭޝަނާއެކު އެ ފަރާތުން ކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންޖެހޭގޮތަށް ވަނީ ނިންމާފައެވެ.
އަދި، މީގެ އިތުރުން ކައުންސިލުން ދޭ އެހެނިހެން ޚިދުމަތްތައް ހޯދުމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭން ކައުންސިލުން ފޯރުކޮށްދީފައިވާ ޚިދުމަތަކަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ އޮތްނަމަ އެފަދަ ފަރާތަކަށް ވެސް އެ ޚިދުމަތެއް ދެވޭނީ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމުންކަމުގައި ދަންނަވަމެވެ.
26 ނޮވެންބަރު 2024