މުބާރާތް
ނަންބަރު: (IUL)259/2024/77
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 03 ޑިސެންބަރު 2024 12:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފިނޭ ކައުންސިލް ކަނބަލުންގެ ވޮލީމުބާރާތް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފިނޭ ކައުންސިލް ކަނބަލުންގެ ވޮލީމުބާރާތް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މުބާރާތަކީ ރަށުގެ ކަނބަލުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކުރުމާއި، ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ބޭއްވޭ މުބާރާތްތަކަށް ފިނޭގެ ވޮލީ ކުޅުންތެރިން ތައްޔާރުކުރުމާއި، އަޚްލާގު ރަނގަޅު ނަމޫނާ ވޮލީ ކުޅުންތެރިން މި ރަށުގައި އުފެއްދުމުގެ މަޤްސަދުގައި ބޭއްވޭ މުބާރާތެކެވެ.

މި މުބާރާތްތަކުގައި ބައިވެރިވުމަށްޝައުގުވެރިވެލައްވާ ޓީމްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް 03 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.  ބައިވެރިވުމަށް އެދޭ ފޯމް ލިންކް  https://forms.gle/uxRPs2ApZSMautY89

 

މި މުބާރާތުގެ ޤަވައިދު މި ޢިއުލާނާއެކު ޢާންމު ކުރެވިފައިވާނެއެވެ.  އަދި މި މުބާރާތާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520027 ނަންބަރަށް ގުޅުއްވުންއެދެމެވެ. ނުވަތަ[email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

26 ނޮވެންބަރު 2024