މަސައްކަތް
ނަންބަރު: GS159/IUL/2024/06
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި: 05 ޑިސެންބަރު 2024 11:00
އދ. ދިއްދޫ ސްކޫލް
ދިވެހިރާއްޖެ
ފާޚާނާ މަރާމާތު ކޮށްދޭނަ ފަރާތެއް ހޯދުން

އިޢުލާން


މި ސްކޫލުގެ ފާޚާނާތައް މަރާމާތު ކޮށްދޭނެ ފަރާތެއްހޯދުން

         މި ސްކޫލުގެ ފާޚާނާތައް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަނަންނަވާ ތާރީޚަށް މި ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ސްކޫލުން ދޫކުރާފޯމް ފުރިހަމަކުރަށްވާ އަގުހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް އެދި ކުރިމަތި ލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

01 ޑިސެންބަރ 2024

05 ޑިސެންބަރ 2024

ގަޑި : 13:00 އަށް

ގަޑި : 11:00 އަށް

 

 

 

 

ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީ، އައި.ޑީކާޑްގެ ދެފުށުގެކޮޕީ އަދި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީކާޑްގެ ދެފުށުގެކޮޕީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

ނޯޓް: ބީލަންފޯމު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި" ފާޚާނާ މަރާމާތު ކުރުން  "މިހެން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ރަސްމީ ގަޑީގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

26 ނޮވެންބަރު 2024