ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-REG/23/2024/10
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:12
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
Mefenamic acid suspension ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި ބޭނުން ކުރުން ވަގުތީ ގޮތުން މަނާ ކުރުމާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

 މިނިސްޓްރީ އޮފް ހެލްތު

 މާލެ،   ދިވެހިރާއްޖެ

  (IUL)182-REG/23/2024/10 :ނަންބަރު

                                                        އެލާރޓް

 

ރާއްޖޭގެ މާރކެޓުގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު، ރައްކާތެރި ބޭސްކަން ކަށަވަރު ކުރުމަށްޓަކައި މިއޮތޯރިޓީން ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާކެޓުން ބޭހުގެ ސާމްޕަލް ނަގާ ސްކްރީން ކުރުމުގެ މަސައްކަތް މެދު ކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.

 

މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރި، ތިރީގައި ބަޔާންކޮށްފައިވާ ތަދުކެނޑުވުމަށް ބޭނުންކުރާ 2 ބޭސް، ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

Manufacturer Product Name #
Efroze Chemical Industries (Pvt.) Ltd, Pakistan

Mefnac Suspension 50mg/ml (Mefenamic Acid)

1
Kotra Pharma (M) Sdn. Bhd., Malaysia

Axcel Mefenamic acid Suspension 125mg/5ml

(Mefenamic Acid)

2

 

މިވަގުތު މިއޮތޯރިޓީގެ ފަރާތުން މި 2 ބޭހުގެ ކޮންފަރމޭޓްރީ ޓެސްޓް ހެދުމަށްޓަކައި ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ.

 

ވީމާ، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މަތީގައި ދެންނެވިފައިވާ 2 ބޭހުގެ، އެއްވެސް ބެޗެއް މި އޮތޯރިޓީން ވަކި ގޮތެއް އަންގަންދެންދިވެހިރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި ބޭނުން ކުރުން ވަގުތީ ގޮތުން މަނާ ކޮށްފައިވާ ކަމުގައި ދަންނަވަމެވެ. އެހެންކަމުން މިވަގުތު ބޭސްފިހާރަތަކާއި ބޭސް ގުދަންތަކުގައި ހުރި މި 2 ބޭސް ސްޓޮކާއި ވަކިކޮށް ބެހެއްޓުމަށް ދަންނަވަމެވެ.

 

އަދި ބޭސް ވިއްކާ، ބޭސް ގަންނަ އެންމެހާ ރައްޔިތުން މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.      

 

 

26 ނޮވެންބަރު 2024