ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-A/327/2024/297
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:45
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ 34 ވަނަ ބިޑުކޮމެޓީ ޖަލްސާގެ ނިންމުން އާންމުކުރުން

 

އިޢުލާން

ތާރީޚް: 26 ނޮވެމްބަރ 2024

ނަންބަރ: (IUL)327-A/327/2024/297

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

                        

ތިރީގައި އެވަނީ 25 ނޮވެމްބަރ ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 34 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

1)     ނައިފަރު ފުޓްބޯޅަ ދަނޑުގެ ފެންސް ނުޖަހާ އޮތްބައިގައި ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށް ހަވާލްކުރެވިފައިވާ ފޯ.އޭ.އައި އިންވެސްޓްމެންޓް އާއި ނައިފަރު ކައުންސިލާއިމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ބިޑް ކޮމެޓީގެ ހުއްދަނެތި ކައުންސިލްގެ 2020 ވަނަ އަހަރުގެ 11 ވަނަ ޢާންމު ޖަލްސާއިން އިތުރަށް މަސައްކަތްކުރުވުމަށް ފާސްކޮށް، އިތުރުކުރެވުނު މަސައްކަތުގެ އަގު ކޮންޓްރެކްޓަރާއި ޙަވާލްނުކުރެވިފައިވާތީ، މި ނިންމުން ނިންމާފައިވަނީ ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ ޙިލާފަށްކަމަށްވުމުން، މި ފައިސާ ކޮންޓްރެކްޓަރާއި ޙަވާލްކުރެވޭނެ ގޮތުގެ ލަފަޔަށް އެދި ފޮނުވާފައިވާ ސިޓީއާއި މިނިސްޓްރީ އޮފް ފިނޭންސް އިންފޮނުވާފައިވާ ސިޓީއާއި ގުޅިގެން މި މައްސަލާއި ގުޅިގެން ލިޔެކިއުންތައް ބެލިއިރު ނިންމުމެއް ނިންމާވަރަށް މަޢުލޫމާތު ސާފްނުވާތީވެ، އިދާރީ ގޮތުން މި މައްސަލަ ހިނގާފައިވާގޮތުގެ މަޢުލޫމާތު ސާފްކޮށްދެވޭނެ ފަރާތެއް ދެންއޮންނަ ބިޑްކޮމެޓީއަށް ހާޒިރުކުރުމާއި އެކު ބިޑްކޮމެޓީގެ، ދެން އޮންނަ ޖަލްސާއަކަށް މި މައްސަލަ އެޖެންޑާކުރުމާށް ފެންނަކަމަށް.

 

2)     ޅ. ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ ފުރާޅު އަދި ސީލިންގ މަރާމާތުކޮށް ކުލަލުން (ފޭސް 2) ގެ މަސައްކަތް ކުރަމުން އަންނަ އިބްރާހިމް ކޮންސްޓްރަކްޝަންއިން މުއްދަތު އިތުރުކޮށްދިނުމަށް އެދި ފޮނުވާފައިވާ ސިޓީއާއި ގުޅިގެން، އިންސްޕެކްޝަން ލޮގްތަކަށް ބަލައި ވިއްސާރަވުމުގެ ސަބަބުން މަސައްކަތް ނުކުރެވެދިޔަ 03 ދުވަހުގެ ބަދަލުގައި، މުއްދަތަށް 03 ދުވަސް އިތުރުކުރުމަށް ފެންނަކަމަށް ނިންމުން.

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

26 ނޮވެންބަރު 2024