ބީލަން
ނަންބަރު: (IUL)294-D/294/2024/89
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 16 ޑިސެންބަރު 2024 13:15
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަނަދޫ ކައުންސިލް އިދާރާގައި ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ނ.މަނަދޫ ކައުންސިލް އިދާރާގައި ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކުރައްވާ މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ.

  • ·         ލައުޑް ސްޕީކަރ ހަރުކުރާނެ ފްރޭމް/އެންޓަނާ ހަދާ ، ލައުޑްސްޕީކާރ ހަރުކުރުމާއި ގުޅުމުގެ އެންމެހާ މަސައްކަތް
  • ·         ކައުންސިލް އިދާރާގެ ގަރާޖުގައި އޮޓޮމެޓިކް ރޯލާ ޝަޓަރ އެއް ހަރުކޮށްދިނުމުގެ މަސައްކަތް
  • ·         ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ހަޓެއް ހެދުމުގެ މަސައްކަތް
  • ·         އޮފީސް އިމާރާތާއި ވަށާފާރުގެ އެތެރޭގައި ކުލަލުމުގެ މަސައްކަތް

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރަޖިސްޓްރީ ކުރުން

24 ނޮވެމްބަރ 2024 އިން 28 ނޮވެމްބަރ 2024

 

08:00 އިން 13:00 އަށް

އީމެއިލް : [email protected]

ފޯން: 6560029

މަޢުލޫމާތު ސާފުކުރުން

04 ޑިސެމްބަރ 2024

ބުދަ

13:15

ނ.މަނަދޫ ކައުންސިލް އިދާރާ

ބިޑް ހުށަހެޅުން

16 ޑިސެމްބަރ 2024

ހޯމަ

13:15

ނ.މަނަދޫ ކައުންސިލް އިދާރާ

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ) ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތްތައް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް ، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ.  އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަންބަޔާންކޮށް ސިޓީއެއް އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާއިރު ގެންނަވަން ވާނެއެވެ. ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

                                 1446 E 23

25 ނޮވެމްބަރ 2024

25 ނޮވެންބަރު 2024