ދިވެހިރާއްޖެ
2025ވަނަ އަހަރު ބ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް
01 ޖެނުއަރީ 2025 ން ފެށިގެން 31 ޑިސެމްބަރ 2025ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިބީލަން ތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ، 26 ނޮވެމްބަރ 2024 ން 01 ޑިސެމްބަރ 2024 އާއި، ދެމެދު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 14:00 އަށް ސްކޫލް އޮފީހަށް ދުރުވެ ނުވަތަ ރެޖިސްޓްރޭޝަން ފޯމް: https://forms.gle/1Nn7sGWdTcokniXu6 ފުރުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
ރަޖިސްޓްރީ ކުރެއްވުމުން ބީލަން ފޯމާއިއެކު މަޢުލޫމާތު ޝީޓް ސްކޫލުން އީމެއިލް ކުރެވޭނެ.
· ބިޑް ހުށަހެޅުން އޮންނާނީ 09 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13.00 ގައި ބ. އަތޮޅުމަދަރުސާގެ އޮފީހުގައެވެ.
· މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "2025 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 08ޑިސެމްބަރ 2024 ވަނަދުވަހުގެ 13.00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.
ބީލަމުގެ ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ބިޑްހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600034 ނަންބަރު ފޯނާއެވެ.
އީ-މެއިލް ކުރާނީ [email protected] އަށެވެ.