ނީލަން
ނަންބަރު: 134-PRO/I/2024/146
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 18:47
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ރަނދި 22 އަދި 27 ސިޓީލާ ނީލަމުގައި ވިއްކާލުން

މިކުންފުނީގައި ބޭނުންކޮށްފައިވާ ތިރީގައިވާ އުޅަނދުފަހަރު ސިޓީލާ ނީލަމުގައި ވިއްކާލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިއުޅަނދުފަހަރު އޮންނާނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (ޅ.ފެލިވަރު)ގައެވެ. އުޅަނދުފަހަރާއި ބެހޭ މަޢުލޫމާތު މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާ ވާހަކަދަންނަވަމެވެ.

ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން:

ނީލަމުގައި ބައިވެރި ވެވޭނީ، ކަނޑައެޅިފައިވާ ޑިޕޮސިޓް ދެއްކުމަށްފަހު ސިޓީލާ ނީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.  ޑިޕޮސިޓްގެ ގޮތުގައި އެ ނީލަމެއް ފެށޭ އަގުކަމަށް ކަނޑައަޅާފައިވާ އަގުގެ  10% ދައްކަންވާނެއެވެ. ޑިޕޮސިޓް ފައިސާ ބަލައިގަނެވޭނީ ނަގުދު ފައިސާ  ނުވަތަ  އޮންލައިން އެކައުންޓް ޓްރާންސްފަރ މެދުވެރިކޮށެވެ. ޑިޕޮސިޓް ފައިސާ ޓްރާންސްފަރ ކުރައްވާނީ ތިރީގައި މިދަންނަވާ މިފްކޯގެ އެކައުންޓް ނަމްބަރަށެވެ. އަދި ޓްރާންސްފާރ ސްލިޕް ތިރީގައިވާ އީމޭލް އެޑްރެސްއަށް ތަފްޞީލާއިއެކު މެއިލްކުރެއްވުމަށްދަންނަވަމެވެ.

އެކައުންޓް ނަމްބަރު

އީމޭލް އެޑްރެސް

7701-101179-005

[email protected]

 

ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ސިޓީއާއެކު ހިމަނަންޖެހޭ މައުލޫމާތާއި ލިޔެކިޔުން:

ނީލަމުގައި ބައިވެރިވުމަށް ހުށަހަޅުއްވާ ސިޓީއާއެކު އަންނަނިވި މައުލޫމާތުތަކާއި ލިޔެކިޔުންތައް ހިމަނަންވާނެއެވެ.

ނީލަމުގައި ބައިވެރިކުމަށް ރަޖިސްޓްރީވުން

[email protected]

އީމެއިލް މެދުވެރިކޮށް

ސިޓީއާއެކު އަންނަނިވި މަޢުލޫމާތު ހިމެނުން

  • ނީލަން ނަންބަރު
  • ހުށަހަޅާފަރާތުގެ ފުރިހަމަ ނަމާއި  އައި.ޑީ. ކާޑު ނަންބަރު (ކުންފުއްޏެއްނަމަ ކުންފުނީގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރު)
  • އެޑްރެސް
  • ގުޅޭނެ ފޯނު ނަންބަރ
  • އީމެއިލް އެޑްރެސް

ސިޓީއާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް

އަމިއްލަ ފަރާތަކުންނަމަ:

  • ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީ
  • ޑިޕޮސިޓް ފައިސާ ދެއްކިކަމުގެ ރަސީދު

 

ކުންފުންޏެއްނަމަ:

  • ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓުގެ ކޮޕީ
  • އިކޮނޮމިކް މިނިސްޓްރީއިން ދޫކޮށްފައިވާ ކުންފުނީގެ ޕްރޮފައިލް
  • ކުންފުނީގެ ފަރާތުން އަގު ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީ އާއި އެފަރާތަކީ ކުންފުނި ތަމްސީލުކުރަން ހަމަޖެހިފައިވާ ފަރާތެއްކަން އެނގޭނެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރު
  • ޑިޕޮސިޓް ފައިސާ ދެއްކިކަމުގެ ރަސީދު

 

ނީލަން ކުރިއަށްދާނެ ގޮތް:

  1. އަގުހުށަހަޅުއްވާނީ، މިކަމަށްޓަކައި މިފްކޯގައިބަހައްޓާފައިވާ ފޮއްޓަށެވެ. އަގު ހުށަހަޅުއްވާނީ ކޮންމެ ނީލަމަކަށް ވަކިސިޓީއެކެވެ.
  2. ހުށަހެޅޭ އެންމެ މަތީއަގު ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެދުނު 10:00 ގައި މިކުންފުނީގެ ވެބްސައިޓު (https://mifco.mv/auctions) ގައި ޝާޢިއުކުރެވޭނެއެވެ.
  3. ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލުނައިސް ވިދިވިދިގެން ރަސްމީ ބަންދުނޫން 3 ދުވަސް ވެއަތުވެއްޖެނަމަ، އެހާތަނަށް ހުށަހެޅިފައިވާ އަގަކީ އެ މުދަލަށް ހުށަހެޅުނު އެންމެ މަތީ އަގު ކަމުގައި ކަނޑައަޅައި، އެ އަގު ހުށަހަޅާފައިވާ ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
  4.  ނީލަންތައް ނިމުމުން މި އިޢުލާން ނިމުމަކަށް އަންނާނެވެ.

 

އުޅަނދުގެ ހާލަތު ބެލުން:

  • އުޅަނދުގެ ހާލަތު ބެލުމަކީ ނީލަމުގައި ބައިވެރިވާ ފަރާތުގެ ކަމެކެވެ.
  • މި އުޅަނދު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ސައިޓްއަށް ( ފެލިވަރު) އަށް ވަޑައިގަތުމުން ބެއްލެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

އުޅަނދު ފަހަރާއި ބެހޭ މައުލޫމާތު:

ނީލަން ނަންބަރު

އުޅަނދުގެ ނަން

އުޅަނދުގެ ބާވަތް

އޮތްތަން

ނީލަން ފެށޭއަގު

މަދުވެގެން އިތުރު ކުރެވޭނެވަރު

AUC-1

ރަންދި 22

ކަލެކްޓަރ ވެސަލް (ދަނގަޑު)

ޅ. ފެލިވަރު

500,000.00

25،000.00

AUC-2

ރަންދި 27

ކަލެކްޓަރ ވެސަލް (ފައިބަރ ގްލާސް)

ޅ. ފެލިވަރު

600,000.00

25،000.00

ނީލަން ކާމިޔާބުކުރާ ފަރާތުން ފައިސާ ދެއްކުމާއި ޑިޕޮސިޓް ފައިސާ އަނބުރާ ދިނުން:

ނީލަން ކާމިޔާބުކުރާ ފަރާތަށް ފައިސާ ދައްކަންދެވޭ މުއްދަތުގައި ފައިސާ ދައްކައިފިނަމަ، އަގުގެތެރެއިން ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނިކޮށްދެވޭނެއެވެ. ނަމަވެސް، ފައިސާދެއްކުމަށް ދެވޭ މުއްދަތުގައި ފައިސާ ދައްކައިފައިނުވާނަމަ ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަބުރައެއް ނުލިބޭނެއެވެ. އަދި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަނބުރާ ލިބޭނެއެވެ.

  • އޮންލައިން މެދުވެރިކޮށް ޑިޕޮސިޓް ދައްކަވާ ފަރާތްތަކުން ނީލަމުގައި ރިޖިސްޓްރީކުރައްވާއިރު ޑިޕޮސިޓް ފައިސާ އަނބުރާ ދައްކާނެ އެކައުންޓް ނަންބަރާއި ނަން ފޮނުވައިދެއްވުންއެދެމެވެ.

ނީލަން ކާމިޔާބުވި ފަރާތަށް އެކަން އަންގާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ފައިސާ ދައްކާ އުޅަނދުގެ ރެޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތް ފަށައި، އެ އުޅަނދަކާ ހަވާލުވާން ވާނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއްނެތި އުޅަނދާ ހަވާލުވެފައި ނުވާނަމަ އެ އުޅަދެއް އަލުން ނީލަމުގައި ވިއްކާލުމުގެ އިހްތިޔާރު މިކުންފުންޏައް ލިބިގެންވެއެވެ. އުޅަނދުގެ ރަޖިސްޓްރީ ބަދަލުކުރުމާއި، އުޅަނދާ ހަވާލުވުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ޚަރަދެއް ކުރާނީ ނީލަން ކާމިޔާބުކުރާފަރާތުންނެވެ.

އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 7772920 ފޯނާ ގުޅުއްވުން އެދެމެވެ.

25 ނޮވެންބަރު 2024