މަސައްކަތް
ނަންބަރު: 116-FB2/IL/2024/127B
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 17:02
ސުންގަޑި: 30 ނޮވެންބަރު 2024 13:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަގުތީ "ރިޓެއިނަރ ކޮންޓްރެކްޓަރުން" ގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދަން ބޭނުންވެގެން ކުރި އިޢުލާންގެ ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކުރުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވަގުތީ "ރިޓެއިނަރ ކޮންޓްރެކްޓަރުން" ގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދަން ބޭނުންވެގެން ކުރި އިޢުލާންގެ ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކުރުމާއި ބެހޭ

       މި ކުންފުނީގައި "ސިވިލް މެއިންޓަނަންސް" މަސައްކަތްތައް ހުރުމާއިއެކު، ވަގުތީ "ރިޓެއިނަރ ކޮންޓްރެކްޓަރުން"ގެ ގޮތުގައި މަސައްކަތް ކުރާނެ އިތުރު ފަރާތްތައް ހޯދަން ބޭނުންވެގެން ކުރި ނަންބަރު:116-FB2/IL/2024/127  އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

       މިބީލަމަށް ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވިއިރުވެސް ގިނަފަރާތްތަކަކުން ރަޖިސްޓްރީވުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާތީ ރަޖިސްޓްރީވުމުގެ މުއްދަތު 2024 ނޮވެންބަރު 30 ވާ ހޮނިހިރުދުވަހުގެ މެންދުރު 1:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

       އެގޮތުން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ނޮވެންބަރު 30 ވާ ހޮނިހިރުދުވަހުގެ މެންދުރު 1:00 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް" އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ. 

       މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ' ގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންވާނެއެވެ.

       "ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ޑިސެމްބަރ 03 ވާ އަންގާރަ ދުވަހުގެ މެންދުރު 1:00 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 ޑިސެމްބަރ 03 ވާ އަންގާރަ ދުވަހުގެ މެންދުރު 1:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

       ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3026431/3337279 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero އަށެވެ.

 

25 ނޮވެންބަރު 2024