ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-PR/1/2024/ 105
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 01 ޑިސެންބަރު 2024 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް 12 ނަންބަރު ލޯންޗުގެ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ ފަހަރަށް އިޢުލާން ކުރެވިފައި)

     މި އޮފީހުންދޭ މަޢުލޫމާތާއި އެއްގޮތަށް، ކަސްޓަމްސް 12 ނަންބަރު ލޯންޗުގެ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2024/96  (10 އޮކްޓޫބަރު 2024) އިޢުލާނާއި އެއްކަރުދާސްކުރި މަޢުލޫމާތު ކަރުދާހަށް ބަދަލު ގެންނަން ބޭނުންވާތީ، ނަންބަރު (IUL)14-PR/1/2024/96 (10 އޮކްޓޫބަރު 2024) އިޢުލާނު ބާޠިލްކޮށް، ކަސްޓަމްސް 12 ނަންބަރު ލޯންޗުގެ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

     ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 01ޑިސެމްބަރު 2024 ވާ އާދީއްތަ ދުވަހު 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ޑިސެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

     ބީލަމުގައި ރަޖިސްޓްރީވުމަށް ([email protected]) އަށް 01 ޑިސެމްބަރު 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.

25 ނޮވެންބަރު 2024