ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383-ESD/383/2024/191
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 19 ޑިސެންބަރު 2024 14:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމްޢިއްޔާ ޖަމާޢަތްތަކުން ޖަމާޢަތުގެ ފައިދާއަށް ހިންގާ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން

މިރަށުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ޖަމާޢަތުގެ ފައިދާއަށް ހިންގާ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލަމެވެ. އެހީއަށް އެދި ހުށައެޅޭނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށްގެން ހިންގާ ޖަމްޢިއްޔާތަކަށް އެކަންޏެވެ. މި ފުރުޞަތުގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ 02 (ދޭއް) ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެގޮތުން ކެޓަގަރީތައް ބެހިފައިވާ ގޮތުގެ މައުލޫމާތު ތިރީގައި އެވަނީއެވެ.

ކެޓަގަރީ

ދާއިރާތައް

އެހީގެ މިންވަރު

ކެޓަގަރީ 1

އެހެނިހެން ދާއިރާ

-/60،000 (ފަސްދޮޅަސް ހާސް ރުފިޔާ)

ކެޓަގަރީ 2

ކުޅިވަރުގެ ދާއިރާ

-/40،000 (ސާޅީސް ހާސް ރުފިޔާ)

                       

                   ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑިއަކީ 2024 ޑިސެމްބަރ 19 ވަނަ ދުވަހުގެ 14:00 އެވެ. ޖަމާޢަތުގެ ފައިދާއަށް ހިންގާ މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށައަޅާނީ، އެކަމަށްޓަކައި ކައުންސިލުން އެކުލަވާލައިފައިވާ އުޞޫލުގައިވާ ފޯމެޓާއި އެއްގޮތަށް، އޭގައިވާ ލިޔުންތަކާއިއެކުގައެވެ.

                   މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 6780701 ، 7977727 ނަންބަރު ފޯނަށް ގުޅުންވުން އެދެމެވެ.

25 ނޮވެންބަރު 2024