ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2024/145
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 01 ޑިސެންބަރު 2024 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެޝިންގ އޮޕަރޭޓަރ - އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް - ސ.ހުޅުމީދޫ

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 މެޝިންގ އޮޕަރޭޓަރ

ބޭނުންވާ ޢަދަދު

 01 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު) (ފުރަތަމަ ތިން މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންޖިނިއަރިންގ ޑިޕާޓްމެންޓް / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް / ސ.ހުޅުމީދޫ

 ޖުމްލަ މުސާރަ:

10,007.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއެއްގައި 01 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން.
  • މިސަރަހަދުގައި ދިރިއުޅޭ މީހުންނަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ޝެޑިއުލާ އެއްގޮތަށް ޕްލާންޓުގައި ޑިއުޓީ ބެލެހެއްޓުން.
  • ކޮންމެ ދުވަހަކުވެސް ރޭވިފައިވާ މަސައްކަތު ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދިއުން.
  • ޖަނަރޭޓަރުތަކާއި، މެޝިނަރީޒްތަކާއި، ވެހިކަލްތަކާއި އަދި އުޅަނދުފަހަރުތަކުގެ މަރާމާތުގެ މަސައްކަތުގައި ބައިވެރިވެ އިންޖިނިއަރުން އަންގާ ގޮތަށް އެ މަސައްކަތް ކުރުން.
  • އިންޖިނިއަރުން ކުރާ ހުރިހާ މަސައްކަތެއްގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި
  • ސީ.ވީ
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް)
  • ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އީމެއިލް ކުރައްވާނީ  [email protected] އަށެވެ.
  • ހުށަހަޅަންޖެހޭ ސުންގަޑިއަކީ 01 ޑިސެމްބަރު 2024 ވަނަ ދުވަހު 12:00ގެ  ކުރިންނެވެ.  
  • ލިޔުންތައް ފުރިހަމަނުވާ އަދި ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932 ފޯނަށް ގުޅުއްވުން އެދެމެވެ.

25 ނޮވެންބަރު 2024