ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)413/413/2024/47
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި: 01 ޑިސެންބަރު 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާޑިޔާ ބެހެއްޓުމަށް ބިން ކުއްޔަށް ދޫކުރުން:

އިޢުލާން

ގާޑިޔާ ބެހެއްޓުމަށް ބިން ކުއްޔަށް ދޫކުރުން:

          ގާޑިޔާ ބެހެއްޓުމަށްޓަކައި ކަނޑައަޅާފައިވާ ސަރަހައްދުތަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައިއެވެ.

           ބިން ކުއްޔަށް ދިނުމަށް މަޢުލޫމާތު ދިނުން ދެގޮތަކަށް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ގޮތަކީ  01 ޑިސެމްބަރ 2024 ވާ އާދީއްތަ ދުވަގުގެ 13:00 ގައި ގެމަނަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމެވެ. ދެވަނަ ގޮތަކީ 01 ޑިސެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެކުރިން މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެކަމަށްއެދި [email protected]  މެއިލް މެދުވެރިކޮށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތްތަކަށް މިކައުންސިލުން މަޢުލޫމާތު ޝީޓް ފޯރުކޮށް ދިނުމެވެ. ބީލަން ހުށަހެޅޭނީ އިސްވެ ދެންނެވި ދެގޮތުންކުރެ ގޮތަކަށް މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.  މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް އޮންނަންވާނެއެވެ.

          ބީލަން ހުށަހެޅޭނީ ހުށަހަޅާ ކޮންމެ ބިމަކަށް ބިޑްސެކިއުރިޓީގެ ގޮތުގައި 500.00 ރުފިޔާ ކައުންސިލަށް ދެއްކުމަށްފަހުގައެވެ. ބިން އެވޯޑްވާ ފަރާތްތަކަށް ބިޑްސެކިއުރިޓީ އަނބުރާ ދޫކުރެވޭނީ ބިން ދޫކުރާތާ 06 މަސްފަހުންނެވެ. ބިން އެވޯޑް ނުވާ ފަރާތްތަކަށް ބިޑްސެކިއުރިޓީ ހޯދުމަށް ހުށަހެޅުމުން ދޫކުރެވޭނެއެވެ.

                     އަދި ދަންނަވަމެވެ. ކުއްޔަށް ބިން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ޤަވާޢިދުން ކުލި ނުދައްކަވާ ފަރާތްތަކަށާއި، ބިންތައް އެވޯޑްވެފައި ދޫކޮއްލާފައިވާ ފަރާތްތަކަށް މި އިޢުލާނާއި ގުޅިގެން ބިންތަކަށް އެދުމުގެ ފުރުސަތު ނުލިބޭނެއެވެ.

                 ވީމާ، ގާޑިޔާ ބެހެއްޓުމަށްޓަކައި ބިން ކުއްޔަށްހިފަން ބޭނުންވާ ފަރާތްތަކުން 01 ޑިސެމްބަރ 2024 ވާ އާދީއްތަ ދުވަގުގެ 13:00  އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

         މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކާ އިޢުލާން ކުރީމެވެ.

          25 ނޮވެމްބަރ 2024

 

 

                                                                  އިބްރާހީމް ނާޝިދު

                                                                 ކައުންސިލްގެ ރައީސް

25 ނޮވެންބަރު 2024