ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-MS/266/2024/229
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 08:26
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީގައި ދިރިއުޅުމަށް ދޫކުރެވިފައިވާ ރަޖިސްޓަރީ ނުކޮށްހުރި ބަންޑާރަ ގޯތިތަކާއި ސާފުތާހިރުކޮށް ބަލަހައްޓަމުންނުދާ ފަޅުގޯތިތައް ދައުލަތަށް ނެގުމާއި ގުޅޭ

ކުޅުދުއްފުށިން ބަންޑާރަގޯތީގެ ގޮތުގައި ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން ވެރިފަރާތް ނިޔާވެފައިވާ ގޯތިތަކުގެ ތަރިކަ މައްސަލަ 6 މަސްދުވަހުގެ ތެރޭގައި ޝަރުއީ ކޯޓަކަށް ހުށަހެޅުމަށް އަންގަމެވެ. އަދި ބަންޑާރަގޯތީގެ ގޮތުގައި ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ރަޖިސްޓަރީ ނުކޮށް ހުރި ގޯތިތަކާއި ތަރިކަ މައްސަލަ ނިމިފައި ރަޖިސްޓަރީ ނުކޮށް ހުރި ގޯތިތައް ރަޖިސްޓަރީ ކުރުމަށް 3 މަސް ދުވަސްތެރޭގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުމަށް އަންގަމެވެ.

މިއެންގުމާއި އެއްގޮތަށް އަމަލު ނުކުރާފަރާތް ތަކާއި ފަޅުގޯތިތަކުގެ ތެރެއިން ސާފުތާހިރުކަން ބެލެހެއްޓުމަށް ކައުންސިލުން ތަކުރާރުކޮށް އެންގުމުންވެސް އިޖާބަނުދޭ ފަރާތްތަކުގެ ގޯތިތައް ދައުލަތަށް ނެގުމަށްޓަކައި ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އަމަލު ކުރަމުންދާނެކަން އާންމުކޮށް އަންގާ އިއުލާނު ކުރަމެވެ.

25 ނޮވެންބަރު 2024