ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2024/44
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:22
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.މީދޫގައި މެޑިކަލް ކޭމްޕް ހިންގުމާގުޅޭ - ޕައިން ޓްރީ މެޑިކް ކެއަރ

  ދ.މީދޫ ކައުންސިލް، އ.ތ.މ ކޮމިޓީ އަދި ދ.މީދޫ ސިއްޚީމަރުކަޒުން ޕައިން ޓްރީ މެޑިކް ކެއަރ އާއި ގުޅިގެން 3 ދުވަހުގެ މެޑިކަލް ކޭމްޕެއް ރަށުގައި ހިންގުމަށް ހަމަޖެހިފައިވާކަމުގައި  އެންމެހައި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި މެޑިކަލް ކޭމްޕުގައި އަންހެނުންގެ ޚާއްސަ، ހަމުގެ ޚާއްސަ، ކަރުންމަތީގެ ޚާއްސަ އަދި ފިރިހެން ބޭފުޅުންނަށް ޚާއްސަ ޑޮކްޓަރުން ބެލުމަށް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. މިކޭމްޕު ކުރިއަށްދާނީ ކުރިއަށް އޮތް ހުކުރު، ހޮނިހިރު އަދި އާދީއްތަ މިތިން ދުވަހުގައި ދ.މީދޫ ޞިއްޚީމަރުކަޒުގައެވެ.

  ވީމާ، ޑޮކްޓަރަށް ދެއްކެވުމަށް ބޭނުންވެލައްވާ އެންމެހާ ފަރާތްތަކަށް މިފުރުސަތު ފަހިވެފައިވާ ކަމުގައި ދަންނަވަމެވެ. ޑޮކްޓަރަށް ދެއްކުމަށް ބޭނުންވެލައްވާ ފަރާތްތަކުން ދ.މީދޫ ޞިއްޚީމަރުކަޒުގެ ފޯން ނަންބަރު: 6760644 އާއި ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. މީގެ އިތުރުން މިކޭމްޕާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޕައިން ޓްރީ މެޑިކް ކެއަރ ގެ ނަންބަރު: 9707378 އާއި ގުޅުއްވުން އެދެމެވެ. އަދި މިކޭމްޕުގައި އަވައްޓެރި ރަށްރަށުގެ ފަރާތްތަކަށްވެސް ޚިދުމަތް ދިނުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ނޮވެންބަރު 2024