ވަޒީފާގެ ފުރުޞަތު
ނަންބަރު: MTDC-JA/2015/102
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 12 ޖުލައި 2015 12:00
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
އައި.ޓީ ޓެކްނީޝަން

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ ގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.      

މަޤާމު: އައި.ޓީ ޓެކްނީޝަން

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާގެ ބާވަތް:1 އަހަރު ކޮންޓްރެކްޓް (ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ވާރކް ސައިޓް: އެމްޓީޑީސީ ހެޑް އޮފީސް، މާލެ

މައިގަޑު މަސްޢޫލިއަތުތައް: ކުންފުނިން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކުންފުނީގެ އައިޓީ ސިސްޓަމްސް މެއިންޓޭންކުރުމަށް ބޭނުންވާ ސަޕޯޓް ދިނުން.

ޝަރުޠު:

  • ޑިޕްލޮމާ އިން އައިޓީ ހާސިލުކޮށްފައިވުން ނުވަތަ މަދުވެގެން 3 އަހަރުގެ މަސައްކަތާ ގުޅުން ހުރި ތަޖުރިބާ ލިބިިފައިވުން.
  • ޕީ.ސީ އޮޕަރޭޓިންގ، ހާޑްވެއަރ އަދި ނެޓްވާރކްއަށް ދިމާވާ އެންމެހައި މައްސަލަތައް ހައްލުކޮށް އަދި މެއިންޓޭންކުރަން ދަންނަ ފަރާތެއް ކަމުގައިވުންް.  
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

މުސާރަ: -/3000 ރުފިޔާ އާއި -/5000 ރުފިޔާ ދެމެދު. މަސައްކަތާއި، ތަޒުރިބާ އާއި ތަޢުލީމީ ފެންވަރަށް ބިނާކޮށް މުސާރަ ކަނޑައެޅޭނެ.

މަތީގައިވާ މަޤާމަށް ކުރިމަތި ލުމަށް ޝައުޤުވެރިވެލައްވާ ފަރާތަކުން 12 ޖުލައި 2015 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކުންފުނީގެ އޮފީހަށް ސީވީއާއި ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ، އައިޑީކާޑުގެ ކޮޕީ، ޕާސްޕޯޓް ސައިޒުގެ އެއް ފޮޓޯއާއި އެހެނިހެން ސަޕޯޓިންގ ޑޮކިޔުމަންޓްސް އަދި ރެފަރެންސް ސިޓީތަކާއިއެކު މަޤާމަށް ކުރިމަތިލުމަށް އެދި ސިޓީ ފޮނުއްވުންއެދެމެވެ. އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ޕލކ.

ގ. ފަތުރުވެހި ފުރަތަމަ ފަންގިފިލާ،  ބުރުޒުމަގު، މާލެ

ފޯން: 334 7766  ފެކްސް: 334 7733

އީމެއިލް: [email protected]  ވެބްސައިޓް: www.mtdc.com.mv

02 ޖުލައި 2015