ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2024/113
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 28 ނޮވެންބަރު 2024 14:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ރުއްގަހުގެ ވެރިފަރާތް ހޯދުމާ ބެހޭ

             ކިނބިދޫ ފްރީވިންޑް ގެއާއި އިންވެގެން އެގޭގެ އިރުން، ޒާހިޔާމަންޒިލް ގޯއްޗާއި އިންވެގެން އެގޯތީގެ އުތުރުގައިވާ 50ފޫޓް 50 ފޫޓްގެ ރައްޔިތުންގެ ބިމުގައިހުރި 3 ރުކާއި، 3 ބަނބުކެޔޮގަސް ކެނޑުމަށް ބޭނުންވާތީ މިބިމުގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއްޖެއެވެ.

 ވީމާ، މަތީގައި ދެންނެވުނު ރުއްގަހުގެ ވެރިފަރާތުން  އެފަރާތެއްގެ ރުއްގަހުގައި އެފަރާތަކަށް ކައުންސިލުން ދީފައިވާ ރަޖިސްޓަރީ ނަމްބަރު ޖެއްސެވުމަށްފަހު  28 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ރަސްމީ ގަޑީގައި މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެއްރުކަކަށް 1 ފަރާތަށްވުރެ ގިނަ ފަރާތުން ހުށަހަޅުއްވައިފިނަމަ ވެރިފަރާތް ނިންމާނީ  އެފަރާތްތަކުގެމެދުގައި މަޝްވަރާ ކުރުމަށް ފަހުގައެވެ. މިގޮތުން ނުނިމިއްޖެނަމަ ދެން ނިންމާނީ ޝަރުޢީ ނިޒާމުގެ ތެރެއިން ކަމުގައިވެސް ދެންނެވީމެވެ.  

              މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

              22 ޖުމާދަލްއޫލާ 1446

24 ނޮވެންބަރު 2024