ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-ME305/305/2024/123
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 01 ޑިސެންބަރު 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތަކުގެ ވެރިން ހޯދުމާއި ގުޅޭ

ތިރީގައި ދެންނެވިފައިވާ ރުއްތަކުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ރުއްގަހުގެ ވެރިފަރާތެއްވާނަމަ، މި އިދާރާއިން ޖަހާފައިވާ ނަންބަރާއި ވެރިފަރާތުގެ ނާމާއި އެޑްރެސް ބަޔާންކުރައްވާ، 01 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި މަޢުލޫމާތު ހުށަހަޅާފައިނުވާ ރުއްތަށް އެއީ ރައްޔިތުންގެ ތަކެތި ކަމުގައި ބަލާ ހަމަޖެހިފައިވާ އުޞޫލުން މި ތަކެއްޗަށް ޢަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މި ރުއްތަކުގެ ތަފްސީލު ލިސްޓް ތިރީގައި އެވަނީއެވެ.

ނަންބަރ

ތަފްޞީލް

ހުރި ސަރަޙައްދު

1

ރުއް (ނިޒާރުބެ ބަކަރި ކޮށީގެ ހުޅަނގުގައި ހުރި)

ބަކަރި ކޮށިތަކަށް ބިން ދޫކުރެވިފައިވާ ސަރަހައްދުގައި ހުރި

2

ރުއް (އަރޮޅި އިބްރާހިމްގެ ކުކުޅު ކޮށީގެ އުތުރުގައި ހުރި)

ބަކަރި ކޮށިތަކަށް ބިން ދޫކުރެވިފައިވާ ސަރަހައްދުގައި ހުރި

3

ރުއް (އަރޮޅި އިބްރާހިމްގެ ކުކުޅު ކޮށީގެ އުތުރުގައި ހުރި)

ބަކަރި ކޮށިތަކަށް ބިން ދޫކުރެވިފައިވާ ސަރަހައްދުގައި ހުރި

 

        މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ނޮވެންބަރު 2024