ނީލަން
ނަންބަރު: (IUL)393/393/2024/112
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 30 ނޮވެންބަރު 2024 10:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިއުލާން

އިޢްލާން

ކުޑަދޫ ފާލަމުގައި އެޅި ލަކުޑި ފިލާތައް ނީލަން ކިޔުން

  ކިނބިދޫއާއި ކުޑަދުއާއި ދޭތެރޭގައި އެޅި ފާލަމުގެ މަތީގައި ހަރުކުރި ލަކުޑިތައް ނީލަން ކިޔުމަށް ކައުންސިލުން ބޭނުންވެއެވެ. މި ލަކުޑިތައް ނީލަންކިޔާނީ ބައިތަކަށް ބަހާލައިގެން ކޮންމެ ބައެއް ވަކިންނެވެ. ލަކުޑިތައް ބެހެއްޓިފައި ހުންނާނީ ކިނބިދޫ ކައުންސިލްގެ ކުރިމަތީގައި އޮންނަ ޕާކު ތެރޭގައެވެ. ނީލަންކިޔުން އޮންނާނީ 30 ނޮވެންބަރު 2024 ވާ ހޮނިހިރު ދުވަހު ހެނދުނު 10:00 ގައި ކައުންސިލްގެ އިދާރާ ކުރިމަތީގައި ޕާކުގައި ( ލަކުޑިތައް ބެހެއްޓިފައިވާ ތަނުގައެވެ)

  ނީލަން ކިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ބައެއް ވަކީންނެވެ. ނީލަން ފެށޭ އަގަކީ -/ 50ރުފިޔާއެވެ.  ނީލަން ކިޔަމުންދާއިރު އަގަށް ފަހަރަކު އިތުރު ކުރެވޭނީ މަދުވެގެން -/10 ރުފިޔާއެވެ.

  ނީލަމުން ނަންގަވާ ލަކުޑި ފިލާތައް ގެންދަންވާނީ ނީލަމުންނެގި ފައިސާ ކައުންސިލްގެ އިދާރާއަށް ދެއްކެވުމަށް ފަހުގައެވެ. ފައިސާ ނުދައްކައި ނުވަތަ ފައިސާ ދެއްކުމަށް ފަހުވެސް ތަކެތި ނުގެންގޮސް 7 ދުވަހަށްވުރެ އިތުރު ވެއްޖެނަމަ އަލުން ނީލަން ކިޔޭނެއެވެ.

  މީގެ ކުރީން މިއިދާރާގެ ނީލަމެއްގައި ބައިވެރިވެ މިހާތަނަށް އެއްވެސް ފައިސާއެއް ނުދައްކާ ފަރާތެއްވާނަމަ އެފަރާތެއް ނީލަމުގައި ބައިވެރިއެއް ނުކުރެވޭނެއެވެ. އެހެން ކަމުން މިހާރު ނީލަމަށް ފައިސާ ނުދައްކަވާ ފަރާތްތަކުން ފައިސާ ދައްކަވައި ޚަލާޞް ކުރުމަށް ދެންނެވީމެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

                   22 ޖުމާދަލްއޫލާ 1446ހ.

                   24 ނޮވެންބަރު 2024މ.

24 ނޮވެންބަރު 2024