ބީލަން
ނަންބަރު: (IUL)251-EDSS/251/2024/152
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 02 ޑިސެންބަރު 2024 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ ގައި ހުރި 3 ޢިމާރާތް ކުއްޔަށް ދޫކުރުން

 

ހއ ދިއްދޫގައި ހުރި މި ކައުންސިލްގެ 3 ޢިމާރާތެއް  15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ.

 

  1. 1.        ކުއްޔަށް ދޫކުރެވޭ ޢިމާރާތްތަކުގެ ތަފްޞީލު

  

ޢިމާރާތުގެ ނަން

ޖުމްލަ އަކަފޫޓް

ޢިމާރާތުގެ ނަން

ޖުމްލަ އަކަފޫޓް

ވައިލެޓް 01

2075.51

ވައިލެޓް 08

1032.85

ވައިލެޓް 03

954.14

 

 

 

  1. 2.        ޢިމާރާތްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

 

(ހ)   މި ޢިމާރާތްތައް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ  "ހއ ދިއްދޫގައި ހުރި ރައްޔިތުންގެ އިމާރާތްތައް ކުއްޔަށް ދޫކުރުމުގެ އުސޫލު 2023" އާ އެއްގޮތަށެވެ.

(ށ)   މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ޢިމާރާތްތައް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 24 ނޮވެމްބަރު 2024 ވާ އާދީއްތަ ދުވަހުން ފެށިގެން 02 ޑިސެމްބަރު 2024 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހަކުވެސް މި ކައުންސިލްގެ އިދާރާގެ ރަސްމީގަޑީގައި މި ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected]  އަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެންނެވެ.

(ނ)  ބީލަން ހުށަހަޅާ ފޮތް މި ކައުންސިލުން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ހުށަހަޅާ ފޮތެއްގެ އަގަކީ 100.00 ރުފިޔާއެވެ.

(ރ)  ބީލަންފޮތް ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ މި އިދާރާގެ 001 700364 7714 (Revenue 1) އެކައުންޓަށެވެ. ފައިސާ ޖަމާކުރި ސްލިޕް ވައިބަރ ކުރައްވާނީ 9197563 ނަންބަރަށެވެ. ފައިސާ ޖަމާކުރައްވާއިރު ސްލިޕްގެ ރިމާކްސްގައި ކުއްޔަށްހިފަންއެދޭ ޢިމާރާތުގެ ނަން ލިޔަންވާނެއެވެ.

(ބ)   ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 04 ޑިސެމްބަރު 2024 ވާ ބުދަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާ  ގައެވެ. އަދި ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުގައެވެ.

(ޅ)  "ހއ. ދިއްދޫގައި ހުރި ރައްޔިތުންގެ ޢިމާރާތްތައް ކުއްޔަށް ދޫކުރުމުގެ އުޞޫލު 2023" ގެ 16 ވަނަ މާއްދާގައި ބީލަން ކާމިޔާބުކުރާ ފަރާތްތަކާ ދެމެދު ޢިމާރާތް ޙަވާލުކޮށްވެވޭ އެއްބަސްވުމުގައި ބީލަމުގެ މަރުޙަލާ ނިމޭތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ސޮއިކުރަންވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، މި ޢިމާރާތްތައް މިހާރު ބޭނުންކުރާ ފަރާތްތައްނޫން އެހެން ފަރާތަކުން ބީލަން ކާމިޔާބުކުރާ ޙާލަތެއްގައި އެ ފަރާތްތަކާއި ދެމެދު އިމާރާތް ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށް އެވޯޑުކުރުމުގެ މަރުޙަލާ ކުރިއަށް ގެންދެވޭނީ މި ޢިމާރާތްތަކުގެ މިހާރުގެ ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚު ކަމުގައިވާ 2025 ފެބްރުވަރީ 15 ގެ ފަހުން މިހާރުގެ ކުލީގެ އެއްބަސްވުންތަކާ އެއްގޮތަށް އެއްބަސްވުމުގެ ދަށުން އިމާރާތް ކައުންސިލާ ހަވާލުކުރުމަށް އެފަރާތްތަކަށް ލިބިދޭ 30 ދުވަހުގެ މުޙުލަތު ހަމަވުމަށްފަހު މި އިޖުރާތްތައް ފުރިހަމަކުރެވުމުންނެވެ. 

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ ޢިމާރާތްތައް ކުއްޔަށް ދޫކުރުމުގެ ގޮތުން މި އިދާރާއިން ޢަމަލުކުރާނެ ގޮތުގެ އުޞޫލާއި އަދި އެ ޢިމާރާތްތައް ހުންނަ ތަން އެނގޭނެ ޗާޓް، މި އިޢުލާނާއިއެކު އާންމު ކުރީމެވެ.

21 ނޮވެންބަރު 2024