ދިވެހިރާއްޖެ
އިޢުލާން
ތާރީޚް: 24 ނޮވެމްބަރ 2024 |
ނަންބަރ: (IUL)327-A/327/2024/296 |
ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން |
ތިރީގައި އެވަނީ 21 ނޮވެމްބަރ ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 33 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.
1) ނައިފަރު ކައުންސިލަށް ޑަމްޕް ޓްރަކެއް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކުރުމަށް ނައިފަރު ކައުންސިލާއި ދޮންދީދީ އާއިއެކު ވެފައިވާ ނަންބަރު (AGR)327-A/PRIV/2024/46 އެއްބަސްވުމާއި ގުޅިގެން ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިކުއިޑޭޓެޑް ޑެމޭޖަސް އަށްވުރެ މަތިވެފައިވާތީވެ، އެއްބަސްވުން ބާތިލްކުރުމާއި ގުޅިގެން މާލިއްޔަތު ޤަވާޢިދުގެ 10.65ގެ (ށ)، (ނ) އަދި މަސައްކަތްހަވާލްކުރި ފަރާތާއިއެކު ވެވުނު ނަންބަރު (AGR)327-A/PRIV/2024/46 އެއްބަސްވުމުގެ 12.4 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެއްބަސްވުން ބާތިލްކޮށް މަސައްކަތް ވަކިކުރުމާއިއެކު، މާލިއްޔަތު ޤަވާޢިދުގެ 10.65 ގެ (ރ) ގައިވާގޮތުގެމަތިން އަމަލުކުރުމަށް ފެންނަކަމަށް ނިންމުން.
2) ފުޓްސަލް ދަނޑު ފޭސް 3 ގެ މަސައްކަތް ކުރަމުންގެންދާ ޓީ.އޭ.ސީ ކޮންސްޓްރަކްޝަނުން މުއްދަތު އިތުރުކޮށްދިނުމަށް އެދި ފޮނުވާފައިވާ ސިޓީއާއި ގުޅިގެން، އިންސްޕެކްޝަން ލޮގްތަކަށް ބަލައި ވިއްސާރަވުމުގެ ސަބަބުން މަސައްކަތް ނުކުރެވެދިޔަ 11 ދުވަހުގެ ބަދަލުގައި، މުއްދަތަށް 11 ދުވަސް އިތުރުކުރުމަށް ފެންނަކަމަށް ނިންމުން.
3) ނައިފަރު ކައުންސިލުން ހިންގާ އިވެންޓްތައް ލައިވް ސްޓްރީމް ކުރުމަށް ބޭނުންވާ އާލާތްތައް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކުރަމުންއަންނަ ބަޑީޒް ކޮމާޝަލްއިން މުއްދަތު އިތުރުކޮށްދިނުމަށް އެދި ފޮނުވާފައިވާ ސިޓީއާއި ގުޅިގެން، މި ފަރާތުން މުއްދަތު އިތުރުކުރުމަށް އެދިލައްވާފައިވަނީ ކޮންޓްރެކްޓްގެ މުއްދަތު ހަމަވިފަހުން ކަމަށްވާތީ މުއްދަތު އިތުރުކޮށްދިނުމަށް ނުފެންނަކަމަށް ނިންމުން.
4) ޅ. ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ ފުރާޅު އަދި ސީލިންގ މަރާމާތުކޮށް ކުލަލުން (ފޭސް 2) ގެ މަސައްކަތް ކުރަމުން އަންނަ އިބްރާހިމް ކޮންސްޓްރަކްޝަންއިން މުއްދަތު އިތުރުކޮށްދިނުމަށް އެދި ފޮނުވާފައިވާ ސިޓީއާއި ގުޅިގެން، އިންސްޕެކްޝަން ލޮގްތަކަށް ބަލައި ވިއްސާރަވުމުގެ ސަބަބުން މަސައްކަތް ނުކުރެވެދިޔަ 10 ދުވަހުގެ ބަދަލުގައި، މުއްދަތަށް 10 ދުވަސް އިތުރުކުރުމަށް ފެންނަކަމަށް ނިންމުން.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.