ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2015/167
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 16 ޖުލައި 2015 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

ތިރީގައި މިދަންނަވާ މަޤާމަށް މި މިނިސްޓްރީގެ ނަންބަރު  IUL)138-AS4/1/2015/164) (ތާރީޚު:29 ޖޫން 2015) އިން ކޮށްފައިވާ އިޢުލާން ބާޠިލުކޮށް އަލުން މި މަޤާމަށް އިޢުލާން ކުރީމެވެ.

މަޤާމު

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އީ. އެކްސް. 5

ބޭނުންވާ އަދަދު

01

މަޤާމް ނަންބަރު

265836

ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި،  ސެކްޝަން

ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

މުސާރަ: -/13،890ރ

ސަރވިސް އެލަވަންސް: -/2،000ރ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާރޓުމަންޓުގެ އިސްވެރިޔާގެ ހައިސިއްޔަތުން ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާރޓްމަންޓުގެ ދަށުގައި ހިމެނޭ އެޑްމިނިސްޓްރޭޓިވް ސެކްޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން، ފައިނޭންސް ސެކްޝަން، ޕްރޮކިއުމަންޓް ސެކްޝަން އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަންގެ އެންމެހާ މަސައްކަތްތައް ކުރާނުކުރާގޮތްބަލާ ހިންގާ ބެލެހެއްޓުން. 
  • އޮފީހުގެ މަޤުޞަދުތަކާއި، ރާވާފައިވާ ސްޓްރެޓަޖީތަކުގެ ދަށުން މަސްޢޫލުވާ ސެކްޝަންތަކުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ހަލުވިކަމާއެކު، ނަތީޖާ ލިބޭފަދަ ގޮތެއްގައި ޕަރމަނަންޓް ސެކްރެޓަރީގެ ލަފާފުޅާއެކު ހިންގާ ބެލެހެއްޓުމާއި އިދާރީ ސެކްޝަނުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަންތައްތައްރޭވުމާއި، ރާވާގޮތުގެމަތިން ކަންތައްތައް ހިނގާތޯބެލުމާއި، އެކަންކަން ބެލެހެއްޓުމުގައި ޒިންމާވެ މަސައްކަތް ކުރުމާޙަވާލުވެ ހުންނެވި ވެރިއެއްގެ މަސައްކަތް ސުޕަވައިޒްކުރުން.
  • މިނިސްޓްރީ އާއި ދަށުގައިވާ ދާއިރާތަކުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކިކުރުމާއި، ބަދަލުކުރުމާއި، މިނޫންވެސް ވަޒީފާއާބެހޭ ހުރިހާކަމެއް އެ ކަންކަން ބެލެހެއްޓުމާއި ޙަވާލުކުރައްވާފައިވާ ސެކްޝަނުގެ އިސްވެރިޔާގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމާއިއެކު މުވައްޒަފުންނަށް އަންގަންޖެހޭ އެންމެހާ ޤަވާޢިދުތަކާއި އެންގުންތައް ބަރާބަރަށް އަންގަމުންދޭތޯ ބެލުން. އަދި މީގެ އިތުރުން މުވައްޒަފުންނަށް ހިންގޭ އެކިއެކި ޓްރޭނިންގ ޕްރޮގްރާމްތައް ގެންދެވެނީ މުވައްޒަފުންގެ މެދުގައި ހަމަހަމަގޮތެއްގައި ބަހާލެވިގެންތޯ ބެލުން  
  • ކޯޕަރޭޓިވް ޑިޕާޓްމަންޓުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަލުވި ކުރުމުގެ މަޤުޞަދުގައި ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ބޭއްވޭ ސީނިއަރ ސްޓާފްމީޓިންގ ކުރިއަށް ގެންދިއުމާއި، ސެކްޝަންތަކުގެ  ކަންތައްތައްރޭވުމާއި، ރާވާގޮތުގެމަތިން ކަންތައްތައް ހިނގާތޯބެލުމާއި، އެކަންކަން ބެލެހެއްޓުމުގައި ޒިންމާވެ މަސައްކަތް ކުރުވަންތިއްބަވާ ސެކްޝަންތަކުގެ ވެރިންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  • މިނިސްޓްރީ ގެ ބަޖެޓާއިބެހޭ އެންމެހާ ކަންތައްތައް މާލީ ޒިންމާދާރުވެރިޔާގެ ލަފަޔާއި އެކު ހިންގާ ބެލެހެއްޓުމަށް ޙަވާލުކުރައްވާފައިވާ ފައިނޭންސް ސެކްޝަނުގެ އިސްވެރިޔާ އެމަސައްކަތް ކުރާނުކުރާގޮތްބަލާ އިސްލާޙުކުރަންޖެހޭ ކަންކަން އިސްލާޙުކޮށް ދެއްވަންޖެހޭ ލަފައާއި އިރުޝާދު ވެރިންނަށް ދިނުން. މިގޮތުން މާލިއްޔަތުގެ ޤަވާޢިދާއި އަދިވެސް ސަރުކާރުގެ ފައިސާއާއި ބެހޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި ޤާނޫނުތަކުގައިވާ ގޮތަށް ބަޖެޓް ސެކްޝަނުގެ މަސައްކަތްތައް ކުރެވެމުންދޭތޯ ބެލުން ވެސް ހިމެނެއެވެ.
  • ފައިސާ ބެލެހެއްޓުމާ ބެހޭ ގޮތުން ސަރުކާރުން ހަމަޖައްސާފައިވާ އުސޫލުތަކާއި އެއްގޮތަށް ފައިސާގެ ކަންތައްތައް ބަލަހައްޓަމުންދޭތޯ ބެލުމާއި މިނިސްޓްރީއަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ސަރުކާރުގެ ގަވާއިދާ އެއްގޮތައް ބެލެހެއްޓުމާއެކު، ޖަމާކުރެވެމުންދޭތޯ ސެކްޝަނުގެ އިސްވެރިޔާ ބައްލަވަމުންގެންދޭތޯ ބަލާ އެކަންކަން ސުޕަވައިޒްކުރުން. މިނިސްޓްރީގެ ފައިސާއާއި ޙިސާބުތައް ޚުލާސާކޮށް މާލީޒިންމާދާރު ވެރިޔާ އަށް ގަވާއިދުން އަންގަމުން ގެންދިއުން.
  • ޕްރޮކިއުމަންޓް ސެކްޝަނާއި އެސްޓިމޭޓް ކޮމިޓީގައި ހިންގާ އެންމެހާ މަސައްކަތްތައް ހިންގާ ސުޕަވައިޒްކޮށް ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ ސެކްޝަނުގެ އިސްވެރިޔާގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  • މިމިނިސްޓްރީގެ އަހަރު ރިޕޯޓާއި މިނިސްޓްރީގެ ސެކްޝަންތަކުގެ ޔައުމިއްޔާއާއި މިމިނިސްޓްރީގެ ލަފާކުރާ ބަޖެޓް އަދި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުންހިނގާ އޮފީސްތަކުގެ މާލީހިސާބުތައް ތައްޔާރުކޮށް ކަނޑައެޅިފައި އޮންނަ މުއްދަތަކަށް ފޮނުވުމުގެ ކަންތައް ރޭވިގެން ކުރިއަށް ދޭތޯ ބެލުން.
  • މިމިނިސްޓްރީގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަނުން ކުރެވެމުންދާ އެންމެހާ މަސައްކަތްތައް ހިންގުމަށް ޙަވާލުކުރެވިފައިވާ އިސް މުވައްޒަފުގެ މަސައްކަތްތައް ބަލާ ސުޕަވައިޒްކުރުން. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340، 3004379 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ތައުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަރވިއު.
  • ތެދުވެރިކަމާއި، ރަނގަޅަށް މުޢާމަލާތުކުރުމުގެ ހުނަރާއި އެކަށީގެންވާ ރަނގަޅު ލީޑަރޝިޕް ސްޓައިލެއް ހުރުން.
  • ވިސްނުންތޫނުކަމާއި ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު/ މާލެ) ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު އަދި ޕްރެޒެންޓޭޝަން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 ޖުލައި - އޮގަސްޓް މަހުތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަނަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު(ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

15 ރަމަޟާން 1436

02 ޖުލައި 2015