ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2015/158
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 14:24
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ށ. ކަނޑިތީމު ކައުންސިލްގެ ބައި-އިލެކްޝަން

ށ. ކަނޑިތީމު ކައުންސިލްގެ ބައި-އިލެކްޝަން

ށ. ކަނޑިތީމު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 2015 އޯގަސްޓް 1 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު، 2015 ޖޫން 10 ވީ ބުދަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން، 2015 ޖޫން 25 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:45 ގެ ނިޔަލަށް ހުޅުވާލުމާ ގުޅިގެން، މި ބައި-އިލެކްޝަނަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންނެވެ. އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލި، ށ. ކަނޑިތީމު، ހީނާގެ، އާދަމް ޢަލީ، އެވެ.

ވީމާ، ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ށ. ކަނޑިތީމު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލި، ށ. ކަނޑިތީމު، ހީނާގެ، އާދަމް ޢަލީ، އިންތިޚާބު ވެއްޖެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

18 ރަމަޟާން 1436

05 ޖުލައި 2015