ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2015/157
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 14:24
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
މ. އަތޮޅު ކައުންސިލް (ދިއްގަރު ދާއިރާ)ގެ ބައި-އިލެކްޝަން

މ. އަތޮޅު ކައުންސިލް (ދިއްގަރު ދާއިރާ)ގެ ބައި-އިލެކްޝަން

މ. އަތޮޅު ކައުންސިލް (ދިއްގަރު ދާއިރާ) އިން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 2015 އޯގަސްޓް 1 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު، 2015 ޖޫން 10 ވީ ބުދަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން، 2015 ޖޫން 25 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:45 ގެ ނިޔަލަށް ހުޅުވާލުމާއި ގުޅިގެން، މި ބައި-އިލެކްޝަނަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންނެވެ. އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލި، މ. މަޑުއްވަރި، ކެތި، ޙަސަން އަމްޖަދު، އެވެ.

ވީމާ، ޤާނޫނު ނަންބަރު:10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މ. އަތޮޅު ކައުންސިލް (ދިއްގަރު ދާއިރާ) އިން ހުސްވެފައިވާ ގޮނޑިއަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލި، މ. މަޑުއްވަރި، ކެތި، ޙަސަން އަމްޖަދު، އިންތިޚާބު ވެއްޖެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

18 ރަމަޟާން 1436

05 ޖުލައި 2015