ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-CAA/419/2024/143
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 17:06
ސުންގަޑި: 31 ޑިސެންބަރު 2024 00:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކުގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމާއި ބެހޭ

                ސަރުކާރުގެ ފަރާތުން މިހާރު ކުރިޔަށް ގެންދަވާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކުގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ އެންމެފަހު ތާރީޚަކީ 31 ޑިސެމްބަރު 2024 ވާ އަންގާރަ ދުވަސްކަމުގައި ދަންނަވަމެވެ.

                އެހެންކަމުން ގައްދޫގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކުގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތް މިކައުންސިލްގެ ފަރާތުން ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ނިންމަންޖެހޭތީ، މިމަސައްކަތް ނާރެސް ޑޭޓާ ކަލެކްޓިންގ ސެންޓަރގައި (ގައްދޫ ރަށްވެހިގޭގައި) ބާރުމިނުގައި ކުރިޔަށްދާ ވާހަކަ ދެންނެވީމެވެ. މަތީގައި ދެންނެވި ތާރީޚްގެ ފަހުން ބަޔޯމެޓްރިކް ޑޭޓާ ނެގިފައިނުވާ ބިދޭސީ ފަރާތްތަކާއި މެދުގައި ސަރުކާރުން ނިންމަވާ ގޮތެއްގެ މަތީން ފިޔަވަޅު އެޅޭނެއެވެ. ވީމާ، ގައްދޫގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި، އެބިދޭސީން ގެންގުޅޭ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ބިދޭސީންނާއި ބެހޭ މަޢުލޫމާތު އެމީހެއްގެ ޙަވާލުގައިވާ ބިދޭސީމީހާއާއެކު ވަޑައިގެން ދެއްވަވާ ނިންމެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ. ބިދޭސީންގެ ބަޔޯ ޑޭޓާ ނެގުމަށް ކަނޑައެޅިފައިވާ ވަގުތު ތިރީގައިމިވަނީއެވެ.

  • ހުކުރު ދުވަހު ރޭގަނޑު 21:00 އިން 23:00 އަށް
  • ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ؛

މެންދުރު 14:00 އިން 16:00 އަށް

ރޭގަނޑު 21:00 އިން 23:00 އަށް

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 ނޮވެންބަރު 2024