ދިވެހިރާއްޖެ
މާމިގިލީ ފުޓްބޯޅަ ދަނޑުގެ މަގު ފާރުރޭނުން
މާމިގިލީ ފުޓްބޯޅަ ދަނޑުގެ މަގުފާރު ތަޅާ މަގުފާރު އަލުން ރޭނުމުގެ މަސައްކަތް ކޮށްދޭނެއް ފާރާތެއް ހޯދަންބޭނުންވެއްޖެ އެވެ. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2024 ނޮވެމްބަރ 24 ން 2024 ނޮވެމްބަރ 28 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ -/250 ރ ( ދުއިސައްތަ ފަންސާސް ރުފިޔާ ) އެވެ. ބިޑް ހުށައަޅުއްވާނީ 2024 ޑިސެމްބަރ 04 ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. މަސައްކަތާއި ގުޅިގެން މަޢުލޫމާތެއް އޮޅުންފިލުވަން ބޭނުންފުޅުވާނަމަ 7711722 މިނަންބަރ އަށް ގުޅުވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ .
19 ޖުމާދަލްއޫލާ 1446