ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)331/331/2024/103
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:43
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާއާއި ގުޅޭ

މިރަށުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ޓެސްޓިން މަރުޙަލާ 22 ނޮވެމްބަރ 2024 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޓެސްޓިން މަރުޙަލާ ފެށުމަށްޓަކައި މިވަގުތު ފެނާއި ނަރުދަމާ އެޅިފައިވާ ގެތަކުގެ ކަނެކްޝަން ގުޅަމުން ގެންދާނެއެވެ.

  • ޓެސްޓް މަރުހަލާގައި ދޫކުރެވޭ ފެނަކީ ބުއިމަށް އަދި ކެއްކުމަށް އެކަށީގެންވާ ފެނަށްނުވާތީ ހުރިހާ ފަރާތްތަކުންވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލްކަން ދިނުން އެދެމެވެ. (ބުއިމަށާއި ކެއްކުމަށް ފެން ބޭނުން ކުރެވޭ މިންގަނޑަށް ދިއުމުން ސްޓެލްކޯ ގާފަރު އިންޖީނުގެއިން އެކަން އާއްމުކޮށް އަންގާނެއެވެ)
  • ޓެސްޓް މަރުޙަލާގައި ފެނާއި ނަރުދަމާގެ ޙިދުމަތް ދެމުންދާނީ ހިލޭ، އެއްވެސް އަގެއް ނެގުމެއްނެތިއެވެ.
  • މި މަރުޙަލާގައި ގަސްތަކަށް ފެންދިނުމާއި، ވެހިކަލް ދޮވުމާއި އަދި މިނޫންވެސް ފެން އިސްރާފުވާނެ ފަދަ ކަންކަމަށް ޕްލާންޓްފެން ބޭނުން ނުކުރެއްވުން އެދެމެވެ.
  • ޓެސްޓިން މަރުޙަލާގައި ފެންދޫކުރުމަށް ކަނޑައެޅިފައިވާ ލިމިޓްގެ އިތުރަށް އެވެސް ފަރާތަކުން ފެންބޭނުންކޮށްފައިވާ ނަމަ، އެފަރާތަކަށް ދޫކޮށްފައިވާ ފެނުގެ ކަނެކްސަން ބަންދުކުރެވޭނެއެވެ.
  • ޓެސްޓިން މަރުޙަލާގައި ފެންދޫކުރުމަށް ކަނޑައެޅިފައިވާ ލިމިޓް:
  • ގޭބިސީތަކަށް މަސްދުވަހަކަށް 5.4 ކިއުބިކް މީޓަރުގެ ފެން.
  • ގެސްޓްހައުސްތަކަށް މަސްދުވަހަކަށް / އެނދަކަށް / 4.5 ކިއުބިކް މީޓަރުގެ ފެން.
  • ނަރުދަމާ ކަނެކްޝަން ގުޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން ސްޓެލްކޯ ގާފަރު އިންޖީނުގޭގެ ނަންބަރު 3033720 ނުވަތަ ސްޓެލްކޯ ގާފަރު އިންޖީނުގޭގެ ސްޓޭސަން ސްޕަވައިޒަރ / ސަޒްލީން ޖަޢުހަރީގެ ނަންބަރު 7847845 ގުޅުއްވައިގެން ނަން ނޯޓް ކުރެއްވުން އެދެމެވެ.
  • ނަރުދަމާ ކަނެކްޝަން ގުޅުމުގެ ކަންކަން ކުރިއަށް ގެއްދިއުމަށް ހަމަޖެހިފައިވަނީ ނަން ނޯޓްކުރާ ތަރުތީބުން ، ސްޓެލްކޯ ގާފަރު އިންޖީނުގޭގެ ބެލުމުގެ ދަށުންނެވެ.
  • ނަރުދަމާ ކަނެކްޝަން ގުޅުމަށް އިންސްޕެކްޝަން ޗެންބަރ ވަށައިގެން ކޮނެ ޗެންބަރއަށް ނަރުދަމާކޮޅު ގުޅުމަކީ ގޭގެ ވެރިފަރާތުގެ ޒިންމާއެކެވެ. އަދި އިންސްޕެކްޝަނަށްފަހު ކޮނެފައިވާ ސަރަޙައްދަށް ފަސްލާނީ ސްޓެލްކޯ ގާފަރު އިންޖީނުގޭގެ ފަރާތުން ގުޅާފައިވާ ގޮތް ޗެކްކޮށް އެފަރާތުން ހުއްދަ ލިބުމުންނެވެ. އިންސްޕެކްޝަން ޗެންބަރުތަކުގެ މަސައްކަތް ކުރަމުންދާއިރު ހުރިހާ ފަރާތްތަކުންވެސް ސްޓެލްކޯ ގާފަރު އިންޖީނުގޭގެ މުވައްޒަފުންނަށް ފުރިހަމައަށް އެއްބާރުލެއްވުން ދެއްވުން އެދެމެވެ.
  • ނަރުދަމާގެ ކަނެކްސަންތައް ގުޅާ ނިމުމުން އެއްވެސް ފަރާތަކުން ކުރިން މަގުތަކުގައި ވަޅުލާފައިވާ ނަރުދަމާ ހޮޅިތަކަށް ނަރުދަމާ ގުޅުމަކީ މަނާކަމެއް ކަމުގައިވެސް ދަންނަވަމެވެ.

 

ޓެސްޓިން މަރުޙަލާގައި ފެނާއި ނަރުދަމާގެ ނިޒާމަށް ދިމާވަމުންދާ މައްސަލަތައް މިކައުންސިލްގެ ނަންބަރު 6641941  ފޯނަށް ނުވަތަ މި ކައުންސިލްގެ ވައިބަރ ނަންބަރު 7498930 އަށް ހިއްސާކޮށްދެއްވުމަކީ މި ކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.

21 ނޮވެންބަރު 2024