ބީލަން
ނަންބަރު: GS123 /IUL/2024/14
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 27 ނޮވެންބަރު 2024 13:00
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
2025 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިންނަމާދޫ ސްކޫލް

ރ.އިންނަމާދޫ، ދިވެހިރާއްޖެ     

ނަމްބަރ: GS123 /IUL/2024/14 

                    ބީލަން ހުށަހެޅުމުގެ ދަޢުވަތު                                                                                                                                                                       

2025 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

   މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ،

މަޢުލޫމާތު ސާފުކުރުން

ބިޑު ހުށަހެޅުން

ތާރީޚް: 28 ނޮވެމްބަރ 2024 (ބުރާސްފަތި)

5 ޑިސެމްބަރ 2024 (ބުރާސްފަތި)

ގަޑި:  13:00    ތަން: އިންނަމާދޫ ސްކޫލް (އިދާރާ)

ގަޑި: 13:00   ތަން: އިންނަމާދޫ ސްކޫލް(އިދާރާ)

  1.  މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ނޮވެމްބަރ 24 އިން 2024 ނޮވެމްބަރ 27 ގެ ހެނދުނު 9:00   އިން މެންދުރު ފަހު 13:00 އަށް މިސްކޫލުގެ 6580359 ފޯނަށް ގުޅުއްވައިގެން ނުވަތަ https://forms.gle/e1WXaDAC2G821Yfp8 މި ލިންކުގައިވާ "ބިޑް ރަޖިސްޓްރީ ފޯމު" ފުރިހަމަކުރައްވައިގެން  ނަން ނޯޓު ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުދައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 
  2. މި ބީލަމާއި ގުޅޭގޮތުން އިތުރަށް ކަމެއް ސާފުކުރަންވަން ބޭނުންފުޅުވާނަމަ، އެކަމެއް 2024 ނޮވެމްބަރ 27 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ސްކޫލުގެ ރަސްމީ މެއިލްއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
  3. މިޚިދުމަތް ދިނުމަށް އެދި ބީލަން ހުށަހެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރ (18/2014) ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރ: (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
  4. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.
  5. ބީލަމުގެ ރަޖިސްޓްރީގައި ނަންނޯޓު ނުކުރައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިސްކޫލުގެ ނަމްބަރ 6580359 އާއި ގުޅުއްވުން އެދެމެވެ

އީމެއިލް އެޑްރެސް: [email protected]

        މިހެންވެ މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.  

 

19 ޖުމާދަލް އޫލާ 1446

21 ނޮވެމްބަރ 2024

 

21 ނޮވެންބަރު 2024