ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-D/374/2024/57
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 28 ނޮވެންބަރު 2024 10:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ މުވައްޒަފުންގެ އާޢިލީ ހަވީރަށް ކައްކައިދޭނެ ފަރާތެއް ހޯދުމަށް އެދި

މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، 200 މީހުންނަށް ރޭގަނޑުގެ ކެއުން ކައްކައި ތައްޔާރު ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑިއަކީ، 2024 ނޮވެންބަރ 26 ވާ ހޯމަ ދުވަހުގެ 11:00 އެވެ.

               ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2024 ނޮވެންބަރ 28 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅަންވާނީ، ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "2024 ވަނަ އަހަރު މުވައްޒަފުންގެ އާޢިލީ ހަވީރަށް ކައްކައި ދިނުމުގެ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. މިމަސައްކަތް ހަވާލުކުރުމުގައި އިސްކަންދޭނީ އެންމެ އަގުހެޔޮ އަދި އެންމެ ރަނގަޅު ހުށަހެޅުމަކަށެވެ.

19 ޖުމާދުލްޢޫލާ 1446

21 ނޮވެމްބަރ  2024  

21 ނޮވެންބަރު 2024